May 17, 2026
Advertisement
ރާއްޖޭގެ ސިޔާސީ މަސްރަހުން ވަރަށް ތަފާތު މިސްރާބެއް ކުރިއަށް އޮތް ދުވަސްތަކުގައި ފެނިގެންދާނެ: ފިރާގު
ރާއްޖޭގެ ސިޔާސީ މަސްރަހުން ވަރަށް ތަފާތު މިސްރާބެއް ކުރިއަށް އޮތް ދުވަސްތަކުގައި ފެނިގެންދާނެ: ފިރާގު / ކޯޕަރޭޓް މޯލްޑިވްސް

ރާއްޖޭގެ ސިޔާސީ މަސްރަހުން ވަރަށް ތަފާތު މިސްރާބެއް ކުރިއަށް އޮތް ދުވަސްތަކުގައި ފެނިގެންދާނެ: ފިރާގު

May 16, 2026, 03:54 PM
މާލެ ސިޓީ

ރާއްޖޭގެ ސިޔާސީ މަސްރަހުން ވަރަށް ތަފާތު މިސްރާބެއް ކުރިއަށް އޮތް ދުވަސްތަކުގައި ފެނިގެންދާނެ ކަމަށް މަޗްހުރު ވިޔަފާރިވެރިޔާ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.

Advertisement

މި ފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމާ ގުޅިގެން އެކި ޚިޔާލު ފާޅުކުރައްވަމުން ފެންދަވާ ފިރާގު ވަނީ ނުސީދާ ގޮތަކަށް، ޕީއެންސީން މެއި 14 ގައި ބޭއްވި ޚާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުތަކަށް އިޝާރާތްކުރައްވާ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

އެ ޕޯސްޓުގައި ފިރާގު ވަނީ، މެއި 14 ވަނަ ދުވަހުގެ ރޭ ބޭއްވި އެ ޖަލްސާއަކީ ކުރީގެ ޖަލްސާތަކާ އަޅާބަލާއިރު ފުދޭވަރަކަށް އާދަޔާ ހިލާފު އިހުސާސެއް ކުރެވޭ ޖަޒުބާތުތަކެއް ދައްކުވައިދިން ޖަލްސާއެއް ކަމަށެވެ. އަދި މީގެ ކުރިން ދުވަހަކުވެސް ރައީސް މުއިއްޒު އެފަދަ ރާގެއްގައި އަދި ބަހުރުވައަކުން ވާހަކަފުޅު ދެއްކެވި ތަން ދެކެފައި ނުވާކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. 

ފިރާގު ވިދާޅުވި ގޮތުގައި އެއީ އައިސްފައިވާ ކޮންމެވެސް ޕްރެޝަރެއްގެ ނިޝާނެއްކަން ފާހަގަކުރައްވާ ފިރާގު ވިދާޅުވީ، އެ ރޭގެ އިޙްސާސްތަކާއި ރިއެކްޝަންތަކުން މަންޒަރުގެ ފަހަތުގައި މިއަށްވުރެ ފުން ކަންތައްތަކެއް ހިނގަމުންދާކަން ދޭހަވާ ކަމަށެވެ. އާންމު ސިޔާސީ ޖަލްސާތަކާ ޚިލާފަށް، އެ ވަގުތުކޮޅަކީ ގިނަ ޕްރެޝަރުތަކަކާއި ކަންބޮޑުވުންތަކެއްގެ އިތުރުން ކުރިއަށް އޮތްތަނުގައި އުނދަގޫ ގޮންޖެހުންތަކެއް ހުރިކަން ވިސްނުނު ވަގުތުކޮޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ފިރާގުގެ ޕޯސްޓު ނިންމަވާ ލައްވަމުން ވިދާޅުވެފައިވަނީ، ސިޔާސީ ކަންކަމުގައި މިފަދަ ވަގުތުތަކެއް ފެންނަނީ ސަބަބެއް ނެތި ނޫން ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ސިޔާސީ މަސްރަހު ތަފާތު މިސްރާބަކަށް ބަދަލުވެގެން ހާމަވެދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.

ފިރާގު މިފަދައިން ވިދާޅުވެފައިވާއިރު، ކުރީގެ ތިން ރައީސުންގެ އެކުގައި ނުކުމެ ގައުމު ހަމަމަގަށް އަޅުވަން މަސައްކަތްކުރަން ނިންމާ އެކަން ވަނީ އިއުލާންކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved