March 16, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އައްބާސް ރައީސް މުއިއްޒަށް: ދޮގު ބުނުމުގެ ސިޔާސަތު ދޫކޮށްލާ ގައުމު ރައްޔިތުންނާ ހަވާލު ކުރައްވާ

Mariyam Isaadha
މަރިޔަމް އިސާދާ
Oct 20, 2025, 12:21 AM
މާލެ ސިޓީ

ދޮގު ބުނުމުގެ ސިޔާސަތު ދޫކޮށްލައްވާ, ރައްޔިތުންނާ ގައުމު ހަވާލު ކުރެއްވުމަށް ވެލިދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އައްބާސް ރައީސް ޑރ މުހައްމަދު މުއިއްޒަށް ގޮވާލައިފިއެވެ.

Advertisement

ގައުމުގެ ކަންކަން ހިނގާ ގޮތް ދޯހަޅިކަމުން ފާޑުވިދާޅުވެ އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެއްވެސް ރޭވުންތެރިކަމެއް ނެތި ދުލަށް އައިހާ މިންވަރަކަށް ރައީސް މުއިއްޒު އަތޮޅު ތެރޭގެ ރައްޔިތުންނަށް ވައުދުވަމުން ގެންދާތީ ނުރުހުން ފާޅުކުރައްވާފައެވެ.

އެގޮތުން އައްބާސް ވަނީ ރައީސް ޑރ. މުއިއްޒަށް ފެނިވަޑައިގަންނަވާހާ ގޮތަކަށް ހުރިހާ ކަމެއް ކުރައްވަން ނިންމަވައި އިއުލާން ކުރަށްވަމުން ގެންދަވާ ކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން ރައީސް މުއިއްޒު ދައްކަވާ ގައުމީ ތަރައްގާގެ ޕްލޭންގެ ހަގީގަތާމެދު އައްބާސް ސުވާލު އުފައްދަވާފައިވެއެވެ.



އައްބާސް ވިދާޅުވީ، އެހެން މީހުންނާއި މަޝްވަރާ ކުރެއްވުމެއް ނެތި އަދި ޕްލޭނެއްވެސް ނެތި ވަޑައިގެންނަވާހާ ރަށެއްގައި ވައުދުތައް ވަމުން ގެންދެވީ ކޮން ޕްލޭނެެްގެ ދަށުން ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ރައީސް މުއިއްޒު ފިޔަވައި ދެން ތިބީ ތަނެއްދޮރެއް ނުދަންނަ، ލޯކަނު، ގަމާރުންކަމަށް ދެކެނީތޯ އައްސަވާ އައްބާސް ވަނީ ގައުމީ ތަރައްގާގެ ޕްލޭނޭ ކިޔައިގެން އިތުރު ބޭކާރު ހަރަދުތައް ނުކުރައްވާ ރައީސް މުއިއްޒުގެ ދޯހަޅި، މަކަރުވެރި، ދޮގު ބުނުމުގެ ސިޔާސަތު ދޫކޮށްލައްވާފައި ރައްޔިތުންނާ ގައުމު ހަވާލު ކުރައްވަން ގޮވާލައްވާފައެވެ.

ހަމައެއާއެކު އައްބާސްވަނީ ރައީސް ޑރ. މުއިއްޒު ރަށްރަށުގައި އެއާޕޯޓް އެޅުމަށް ގެންގުޅުއްވާ ސިޔާސަތައްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން ޖެހިޖެހިގެން އޮތް ތިންރަށުގައި އެއާރޕޯޓު އަޅަން ނިންމެވީ ކޮން ޕްލޭނެއްގެ ދަށުންތޯއާ ކޮން ސާރވޭއެއް ކޮށްގެންތޯ އައްސަވާ އައްބާސް ވަނީ އެ އެއާޕޯޓުތައް އަޅަން ނިންމެވީ ކޮން ކަހަލަ ފީޒިބިލިޓީއެއް ހައްދަވައިގެންތޯ އައްސަވާވެސް ސުވާލުތަކެއް ސަރުކާރަށް އަމާޒުކުރައްވާފައެވެ.

ރާއްޖޭގައި އިތުރު 30 ވަރަކަށް އެއާޕޯޓު އަޅަން ރައީސް މުއިއްޒު ނިންމެވީ ރާއްޖޭގައި އޮތީ ކިތައް ފުލައިޓު އޮވެގެންތޯއާ ޑޮމެސްޓިކު އެއްވެސް އެއާޕޯރޓަކުން ފައިދާވޭތޯ ވެސް އައްސަވާ އައްބާސް ވަނީ ކުރިން ހަދާފައި ހުރި އެއާޕޯޓުތައް ރަގަޅަށް މަރާމާތުކޮށް މިހާރު ބެލެހެއްޓޭތޯވެސް ސުވާލުތަކެއް އުފައްދާފައެވެ.

އައްބާސްގެ މިފަދަ ސުވާލުތަކަކާ ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައިވަނީ ދާދި ފަހުން އަތޮޅު ތެރެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް މުއިއްޒު ގިނަ ރަށްތަކެއްގައި އެއާޕޯޓު އަޅަން ބިން ކަނޑައަޅުއްވާ އިފްތިތާހުވެސް ކޮށްދެއްވާފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved