March 16, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ސާމްޕަލް ނެގުމަށް ފަހު އައްޑޫގައި ނިޔާވި ދެމަފިރިންގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 24, 2025, 06:16 PM
މާލެ ސިޓީ

އައްޑޫ ސިޓީ ހިތަދޫގެ ޓޫރިޒަމް ޒޯން ސަރަހައްދުގައި ހުންނަ ގެއެއްގެ ތެރޭގައި މިދިޔަ ބުދަ ދުވަހު ނިޔާވެފައި އޮއްވާ ފެނުނު ދެމަފިރިންގެ ހަށިގަނޑުގެ ސާމްޕަލް ނެގުމަށްފަހު އާއިލާއާ ހަށިގަނޑު ހަވާލުކޮށްފައިވާ ކަަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

Advertisement

ނިޔާވެފައި އޮއްވާ ފެނިފައިވަނީ ސ. ހިތަދޫ، ކުރޭނގެ، އިބްރާހިމް އަބްދުﷲ 60، އާއި ސ. މަރަދޫ، ނާރެސް، ފަރަހަނާޒް ރަޝީދު 52، ނަމަކަށް ކިޔާ ދެމަފިރިންނެވެ.

މި މަރުގައި އާދަޔާ ޚިލާފުކަމެއް ނެތް ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވިޔަސް މި މަރާއި ގުޅިގެން ތަފާތު ވާހަކަތައް އަންނަނީ ދެކެވެމުންނެވެ. ސަބަބަކީ ދެމަފިރިން އެކުގައި ނިޔާފައި އޮތުމުން މިއީ ތަހުގީގުކޮށް ބަލަން ޖެހޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކަށް ގަބޫލުކުރެވުމެވެ.

ފުުލުހުން މިއަދު ވިދާޅުވީ، ސާމްޕަލް ނަގައި ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ހަށިގަނޑު މިހާރު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަަމަށްވެސް ވިދާޅުވިއެވެ.

މި ދެމަފިރިންގެ ޖަނާޒާ މިއަދު ހުކުރު ނަމާދަށް ފަހު ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved