theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ޕޮލިސް މީޑިޔާ
ހަބަރު
ޑްރަގް ނެޓްވޯކްސް އަތްނުފޯރާ ވަރަށްވުރެ މަތީގައި: މަސްތުވާތަކެއްޗާއި އެކު ހަތަރު ޒުވާނުން ހައްޔަރު ކޮށްފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
25 އޮކްޓޯބަރު 2025
މާލެ ސިޓީ

ދިވެހިރާއްޖޭގައި މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރިކުރަމުންދާ މީހުން ދުވަހެއް ދުވަހަކަށްވުރެ އަންނަނީ އިތުރުވަމުންނެވެ. މި ވިޔަފާރީގައި ކުޑައެއް ބޮޑެއް ނުވާއިރު ޒަރޫރީ އެކި ބޭނުންތައް ފުއްދުމުގެ ބޭނުމުގައި މަދު ފައިސާކޮޅަކަށް ތިމާގެ ހަވާނަފްސު ވިއްކާ މީހުން މިހާެރު މި ކުޑަ ކުޑަ ދިވެހިރާއްޖެއިން ގިނަވެއްޖެއެވެ.

މިގޮތުން، މިއަދު އަޑުއިވިގެން ދިޔައީ ގއ. ކޮލަމާފުއްޓަށް ޑްރަގް އެތެރެކުރަން އުޅުމުގެ ތުހުމަތުގައި ހަތަރު ޒުވާނަކު ހައްޔަރުކޮށްފި ޚަބަރެވެ.

ފުލުހުން ބުނީ ކޮލަމާފުއްޓަށް ޑްރަގް އެތެރެކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އިއްޔެ ހިނގި އޮޕަރޭޝަނެެއްގައި ލޯންޗެއް ބަލާ ފާސްކޮށް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކެއް ފެނިފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ހަތަރު މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހުންގެ މައުލޫމާތު ވަނީ އާންމުކޮށްފަ އެވެ. އެއީ ހަތަރު ޒުވާނުންނެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ އެ މީހުން އެ ރަށަށް އައި ލޯންޗު ބަލާ ފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުމާއި ގުޅިގެން ކަމަށެވެ. އެގޮތުން މަސްތުވާތަކެތި ކަމަށް ބެލެވޭ 30 ރަބަރު ޕަކެޓާއި ފިލްމު ހުސްކުރި ދެ ދަޅު ފެނިފައިވެ އެވެ. އަދި އެކެއްގެ ހަށިގަނޑު ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަތް ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ތަކެތީގެ ވަގުތީ ބަރުދަނުގައި 44.83 ގްރާމް ހުއްޓެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާއިމެދު ގޮތް ނިންމަން ހާޒިރުކުރުމުން އެކަކު 12 ދުވަހަށް ދެން ތިބި މީހުން ހަތް ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved