ފީފާއިން ސަހްޔޫނީން ބޭން ކުރަން ގޮވާލާ ބޯޑްތައް ހިފައިގެން ތިބި މީހިން ދަނޑުން ބޭރުކުރި ސަބަބާ މެދު ސުވާލުކުރުމުން ފުލުހުންގެ ފަރާތުން ޖަވާބެއް ނުލިބުނެވެ.
ފީފާގެ ރައީސް ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ވަޑައިގަތުމާއި ގުޅިގެން އިންފަންޓީނޯ އާއި ރައީސް މުއިއްޒު ހިމެނޭހެން މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅެމުންދާ ފުޓްބޯޅަ މެޗުގައި ފަލަސްތީނުގެ ދިދަ ވިހުރުވާލާ ފީފާއިން ސަހްޔޫނީން ބޭން ކުރުމަށް ދިވެހިންތަކެއް ވަނީ ދަނޑަށް ވަދެ ޕޯސްޓަރުތަކެއް ހިފާ އަޑު އުފުލާފައެވެ.
ފުލުހުންވަނީ އެ ދިވެހިންތައް އެތަނުން ބޭރުކޮށްފައެވެ. މިކަމާ ގުޅިގެން ޗެނަލް 13 އިން ފުލުހުންނާ ސުވާލުކުރުމުން ވަކި ޖަވާބެއް އަދި މިހާތަނަށް ދެއްވާފައިނުވެއެވެ. އެގޮތުން ފުލުހުން އެގޮތަށް އަމަލުކުރީ ފުލުހުންނަށް ލިބޭ ކޮން ގާނޫނީ ބާރަކުންތޯ ނުވަތަ ކޮން އުސޫލަތކުން ކަމާމެދު ކުރި ސުވާލަށް ފުލުހުން އެއްވެސް ޖަވާބެއް ދެއްވާފައިނުވެއެވެ.
"ފީފާ އިން އިޒްރޭލް ބޭން" ޖަހާފައިވާ ޕޯސްޓަރުތަކާއި ބެނާތައް ހިފައިގެން ދިވެހިން އިހުތިޖާޖު ކުރި ފީފާ އިން ރަޝިޔާ ބޭންކޮށް އިޒްރޭލު ތަފާތުކޮށް ގެންގުޅެމުން ގެންދާތީ ކަމަށްވެއެވެ.
އެހެންކަމުން އަބަދުވެސް ދެމި ތިބޭނީ ފަލަސްތީނާއެކު ކަމަށް ބުނާ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން މި ދައްކުވައިދިނީ އެއާ ޚިލާފު މަންޒަރެކެވެ. ސުލްހަވެރިކަމާއިއެކު ގިނަ ދިވެހިންގެ އަޑު ސަޕޯޓަރުން ފީފާގެ ރައީސަށް ދައްކުވައިދޭން ކުރި މަސައްކަތަށް ސަރުކާރުން މިވަނީ ހުރަސްއަޅާފައެވެ.
ފީފާގެ ލިސްޓުން ސަހްޔޫނީން ބޭން ކުރުމަށް ވަރަށް ގިނަ ގައުމުތަކުންވެސް އަންނަނީ ގޮވާލަމުންނެވެ.
ދިވެހިން ދިވެހީންގެ އަމިއްލަ ފަސްގަނޑުގައި ދިވެހީންގެ ޚިޔާލާއި ފިކުރު ފާޅުކުރުމުގެ މިނިވަންކަންވެސް އަދުގެ ސަރުކާރުން މިވަނީ ނަގާލާފައެވެ.
ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ސަރުކާރުން އެކި ޕްލެޓްފޯމްތަކުގައި އެދައްކަނީ މާނައެއް ނެތް ވާހަކަތަކެއްކަން މިއަދު ސަރުކާރުން ސާބިތުކޮށްދީފިއެވެ.