April 22, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ސަހްޔޫނީ ޖަރީމާތަކުގައި އިންޑިއާ ސިފައިން އަމަލީ ގޮތުން ބައިވެރިވާކަން ފަޅާ އަރައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 26, 2025, 12:55 AM
މާލެ ސިޓީ

މުސްލިމުންނާއި ދެކޮޅު އަނިޔާވެރި މޯދީ ސަރުކާރުގެ އެތައް ސަތޭކަ ސިފައިން ސަހްޔޫނީންގެ ޑިފެންސް ފޯސް (އައިޑީއެފް) އާއި އެއްބައިވެ، ޣައްޒާ އާއި ލުބްނާންގެ ބޯޑަރު ކައިރީގައި ހިނގަމުންދާ ހަނގުރާމައިގައި ބައިވެރިވަމުން އަންނަ ކަމަށް ރިޕޯޓް ކޮށްފިއެވެ.

Advertisement

ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މި ހާލަތުގެ ސަބަބުން މުހިންމު ސުވާލުތަކެއް އުފެދޭ ކަމަށެވެ. މިގޮތުން އެހެން ގައުމެއްގެ ހަނގުރާމައެއްގައި ޚާއްސަކޮށް މުސްލިމުން މަރަން ބޭރުގެ އަސްކަރިއްޔާއެއްގައި އިންޑިއާ ސިފައިން ބައިވެރިވުމަކީ ރަނގަޅު ކަމެއްތޯ އަަހާ، މިއީ އިންޑިއާގެ މުސްލިމުންނާއި ދެކޮޅު ސިޔާސަތުތައް ވަރަށް ރަނގަޅަށް ހާމަވެގެންދާ ކަމެއް ކަމުގައި ބުނެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

ސަހްޔޫނީންނަށް ވާގިވެރިވެ އެމީހުންނަށް ހަތިޔާރު ފޯރުކޮށްދޭ ކަމަށް މީގެ ކުރިން އަޑު ފެތުރިފައިވާ އިރު އިންޑިއާ ސިފައިންގެ މިފަދަ ބައިވެރިވުމެއްގެ ސަބަބުން މޯދީ ސަރުކާރުގެ ނަން ވަނީ ހަޑިވެގެންގޮސްފައެވެ.

މި މީހުންނަކީ އިންޑިއާގެ އުތުރު އިރުމަތީ ކޮމިއުނިޓީތަކަށް ނިސްބަތްވާ މީހުން ކަމަށާއި އެމީހުން އެ ސަރަހައްދަށް ބަދަލުވެ ފަހުން ކޮމްބެޓް ޔުނިޓްތަކާ ގުޅުނު ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

ޣައްޒާއާއި ދެކޮޅަށް ސަހްޔޫނީން ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް 70،000 ހާހަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު މޯދީ ސަރުކާރުން ވަނީ މި މީހުން މަރަން ސަހްޔޫނީންނަށް ހަތިޔާރު ފޯރުކޮށްދީފައެވެ. މޯދީއަކީ އެ ގައުމުގެ މުސްލިމުންނާއި ދެކޮޅަށްވެސް ލާއިންސާނީ އަމަލުތައް ހިންގުމުގައި އަރާ ހުންނަ މީހެކެވެ.

މިއާއިއެކު މިއީ އިންޑިއާގައިވެސް ގަތުލުއާންމެއް ހިންގަން މޯދީ ތައްޔާރުވަމުން އަންނަ މިސާލެއް ކަމަށް އިންޑިއާގެ މަޝްހޫރު ފަރާތްތަކުންވެސް އަންނަނީ ސިފަކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved