theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / -
ދުނިޔެ
އަޔަލޭންޑްގެ ރައީސާއަކަށް ފަލަސްތީނުގެ ޙައްގުގައި ވަކާލާތުކުރެއްވި ކެނޮލީއަށް
Aiminath Zawjah
އައިމިނަތް ޒަޢުޖާ
26 އޮކްޓޯބަރު 2025
މާލެ ސިޓީ

ސަހްޔޫނީންގެ އަސްކަރިއްޔާއިން ފަލަސްތީނަށް ދެމުން އަންނަ އަނިޔާވެރި ހަމަލާތަކާއި ދެކޮޅަށް ވަކާލާތު ކުރަމުން އައި ކެތެރިން ކޮނޮލީ، އަޔަލޭންޑުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްފިއެވެ.

ކޮނޮލީ މި އިންތިހާބު ކާމިޔާބުކޮށްފައިވަނީ 43 ދާއިރާއެއްގެ ވޯޓު ގުނުމުގެ މަސައްކަތް ނިމުނުއިރު، 63 އިންސައްތަ ވޯޓު ލިބިގެންނެވެ.

މި އިންތިހާބުގައި ކޮނޮލީއާއި ވާދަކޮށްފައިވަނީ 64 އަހަރުގެ ހީތާ ހަމްފްރީސްއެވެ. އޭނާ ވަނީ ރަސްމީ ނަތީޖާ އިއުލާނު ކުރުމުގެ ކުރިން ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނުކަން އިއުލާނުކޮށްފައެވެ.

ކޮނޮލީގެ އަކީ އަބަދުވެސް ފަލަސްތީނުގެ ހައްޤުގައި ބަސް ވިދާޅުވަމުން ގެންދަވާ ކަނބަލެކެވެ. ކޮނޮލީ ވަނީ ސަހްޔޫނީން ފަލަސްތީނުގެ ބިމުގައި ހިންގަނީ ޤަތުލްއާންމެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެ ސަހްޔޫނީންގެ އަސްކަރީ ސިޔާސަތުތަކަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފާޑުވިދާޅުވެފައެވެ.

ކޮނޮލީގެ މި ސިޔާސަތުގެ ސަބަބުން އޭނާއަށް ކެމްޕޭން ތެރޭގައިވެސް ޒުވާނުންގެ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވެއެވެ.

މީގެ އިތުރުން، ޑަބްލިންގައި ބޭއްވި ބައްދަލުވުމެއްގައި ކޮނޮލީ ވިދާޅުވީ، އޭނާއަކީ އަޑުއަހައި، އެކަންކަން ބަލައި، ވާހަކަ ދައްކަން ޖެހޭ ވަގުތުތަކުގައި ވާހަކަ ދައްކަވާނެ މީހެއް ކަމަށެވެ.

އަޔަލޭންޑުގެ 10 ވަނަ ރައީސްއަކަށް އޭނާ އިންތިހާބުވެފައިވާއިރު، އޭނާއަކީ އެގައުމުގެ ރައީސާކަން ކުރާ 3 ވަނަ އަންހެން މީހާއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved