March 16, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ވެލާނާ އިންޓަނޭޝަނަލަ އެއާޕޯޓްގައި ބޭންކްގެ ފައިސާ ހުރި ސޫޓް ކޭހެއް ފޭރިގެންފި، ފުލުހުންގެ ސެކުއިރިޓީއެއްވެސް ނެތް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 27, 2025, 05:47 PM
މާލެ ސިޓީ

މޫނު ނިވާކޮށްގެން ތިބި ބަޔަކު މިއަދު ފަތިހު، އެއާޕޯޓުން ބޭންކެއްގެ ފައިސާ ހުރި ސޫޓް ކޭހެއް ފޭރިގެންފިއެވެ.

Advertisement

ފަތިހު 4:45 އެހާކަންހާއިރު ފުލުހުންގެ އިދާރާއިން މި ހާދިސާގެ މައުލޫމާތު ލިބިފައިވާއިރު ފައިސާ ގެންދިއުމުގައި ފުލުހުންގެ ސެކިއުރިޓީ ބޭނުންކޮށްފައި ނުވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާގައި ފޭރިގަނެފައިވަނީ ކިހާ އަދަދެއް ފައިސާކަމެއް ނުވަތަ ކޮން ބޭންކެއްގެ ފައިސާކަމެއް ފުލުހުން ހާމަކޮށްފައިނުވެއެވެ. މި ހާދިސާގެ އިތުރު މައުލޫމާތު ފުލުހުން އަދި ހިއްސާކޮށްފައިނުވެއެވެ.

ބޭންކްތަކުގެ މުވައްޒަފުން، އޭޓީއެމްތަކަށް ފައިސާ ގެންދާއިރު، އަބަދުވެސް ފުލުހުންގެ ސެކިއުރިޓީ ހޯދައެވެ. ފޭރުމުގެ ބޮޑު ހާދިސާއެއް އެއާޕޯޓުގައި ހިނގިއިރު، އެއާޕޯޓުން ނުކުންނަ ދިމާލާއި ބްރިޖަށް އަރަން އޮންނަ ދިމާ ކައިރީގައި ފުލުހުންގެ ޕޮލިސް ޕޯސްޓެއް ވެސް ގާއިމުކޮށްފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެމްއޭސީއެލުން މި ފަހުން ވަނީ އެސްޓޭޓް ސެކިއުރިޓީގެ ނަމުގައި އާ ޑިޕާޓްމަންޓެއް ގާއިމުކޮށްފައެވެ. އެ ތަން އުފެއްދީ ޕާކިން ސަރަހައްދުތަކާއި، ޖެޓީ ސަރަހައްދުތަކާއި، ޓެކްސީ ކިއުތަކުގެ އިތުރުން ކުންފުނީގެ އެސެޓްތަކާއި ހުޅުލޭގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާށެވެ.

މިހާރު ވެސް އެއާޕޯޓު ސެކިއުރިޓީ ބެލެހެއްޓުމުގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންނާއި، ސިފައިންނާއި ފުލުހުންގެ އެހީތެރިކަން ވެސް ލިބެއެވެ.

ރާއްޖޭގެ މައި އެއާޕޯޓްގައި އެންމެންގެ ކުރިމަތީގައި މިފަދަ ފޭރުމުގެ ބޮޑު ހާދިސާއެއް ފުލުހުންގެ ސެކިއުރިޓީއެއް ނެތި ކުރުމަކީ އިދާރާތަކުގެ ގުޅުން ނެތް ކަމާއި ސަރުކާރުގެ ބޮޑު ފެއިލިއަރ ހާމަވެގެންދާ ކަމެކެވެ.

ގިނަ އަދަދެއްގެ ފައިސާތަކެއް އެއާޕޯޓް ތެރެއިން ފޭރިގަނެފައިވާއިރު ހުޅުމާލެ ޕޯޓްސްގައި ބަހައްޓާފައި ހުރި ސިގެރޭޓްތަކެއްވެސް މިފަހުން ވަނީ "ވީނުވީއެއް ނޭގި ގެއްލިފައެވެ".

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved