April 22, 2026
Advertisement
-
- / ޓައިމްސް އޮފް އިސްރާއީލް

ސަހްޔޫނީންގެ ގައުމުގައި ހިމަބިހި ފެތުރެނީ: ކޮންޓްރޯލުން ނައްޓައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 28, 2025, 06:55 PM
މާލެ ސިޓީ

ސަހްޔޫނީންގެ ގައުމުގައި ގައިން ގަޔަށް އަރާ ނުރަައްކާތެެރި ބައްޔެއް ކަމަށްވާ ހިމަބިހި ފެތުރި، އެ ބަލީގައި ކުޑަ ކުދިން މަރުވާން ފަށައިފިއެވެ.

Advertisement

މި ބަލީގައި މިހާތަނަށް އަށް ކުޑަ ކުދިން މަރުވެފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

ހިމަބިހި ފެތުރޭ ވައިރަސް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން އަންނަ އިރު، އެ ވައިރަސް މިހާރު ވަނީ އެ ގައުމުގެ ނުވަ ސަރަހައްދަތަކަށް ފެތުރިފައެވެ.

މި ބަލީގައި އިއްޔެ ދެ އަހަރުގެ އަންހެން ކުއްޖަކު ވަނީ މަރުވެފައެވެ. އެ ކުއްޖާ މަރުވެފައި ވަނީ އެ ބަލި ޖެހިގެން 10 ދުވަސް ވަންދެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނިކޮށެވެ. މިއީ މިދިޔަ އޭޕްރީލް މަހު ބަލި ފެތުރެން ފެށި ފަހުން އޭނާ މަރުވި އަށް ވަނަ ކުއްޖާއެވެ.

މި ބަލި މިހާރު އެ ގައުމުގެ ސިއްހީ މާހިރުންނަށް ކޮންޓްރޯލް ނުވެ 1،700 އަށް ވުރެ ގިނަ މީހުންނަށް ހިމަބިހި ޖެހިފައިވާ ކަމަށް ބެލެވޭ އިރު، މޮޑެލްތަކުން ދައްކާ ގޮތުގައި ހަގީގީ ވޭދަނަތަކުގެ އަދަދު 5،000 އަށް އަރާނެއެވެ.

ގިނަ ހޮސްޕިޓަލްތަކާއި މޮޅެތި ޑޮކްޓަރުން ތިބެވެސް ބަލި ޖެހިފައިވާ މީހުންގެ ވޭދަނަތައް ނުހޯދި މުޅި ގައުމަށް ފެތުރެމުން އަންނަ ކަމަށް ބުނެ އެ ގައުމުގައި މިހާރުވަނީ ބިރުވެރިކަން ފެތުރިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved