March 14, 2026
Advertisement
-
- / ޓައިމްސް އޮފް އިންޑިއާ

މޯދިގެ ހިންދު ފައުޖު ސަހްޔޫނީންގެ އަސްކަރީ އާލާތްތަކާއި އެކު ޕާކިސްތާން ބޯޑަރަށް ޖަމާކުރަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 29, 2025, 06:00 PM
މާލެ ސިޓީ

އިންޑިއާގެ މޯދީ ސަރުކާރުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އަސްކަރީ ތަމްރީނުތަކުގެ ނަމުގައި ސަހްޔޫނީންގެ ފައުޖާއި އެކު ޕާކިސްތާނުގެ ބޯޑަރަށް އަސްކަރީ އާލާތްތަކާއިއެކު ޖަމާކުރަން ނިންމައިފިއެވެ.

Advertisement

އިންޑިއާގެ ޑިފެންސް މިނިސްޓްރީން ބުނީ "ޓްރީޝުލް" ނަމުގައި ހިންގާ މި އެކްސަސައިޒް ފަރުމާކޮށްފައި ވަނީ ގައުމުގެ އަސްކަރިއްޔާގެ ތެރޭގައި އޮންނަ ކޯޑިނޭޝަން، މިނިވަންކަމާއި އުފެއްދުންތެރިކަން ވަޒަން ކުރުމުގެ މަގްސަދުގައި ކަމަށެވެ.

ޕާކިސްތާނުގެ އޮފިޝަލުންނާއި ދިފާއީ މާހިރުން ތުހުމަތުކުރާ ގޮތުގައި ބޯޑަރު ކައިރީގައި މިހާ ބޮޑު އަދަދަކަށް ސަހްޔޫނީން ފައުޖާއި އެކު އަސްކަރީ ބާރު ދައްކަން އިންޑިއާއިން އުޅެނީ ދެކުނު އޭޝިއާގެ ސަރަހައްދީ ހަމަނުޖެހުންތައް ބޮޑުކޮށް ޕާކިސްތާނުން ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދޭން އަޑު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

ޕާކިސްތާނުގެ ފޮރިން އޮފީހުން ބުނީ އިންޑިއާގެ މި ނިންމުމުގެ ސަބަބުން ސަރަހައްދީ ސުލްހަ ގާއިމް ކުރުމަށް މިހާރު ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް ބުރޫ އަރާނެ ކަމަށެވެ. އަދި ޕާކިސްތާނުން ސުލްހަވެރިކަމާ އެކު އުޅުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ޕާކިސްތާނުން ވަނީ މިފަހުން ސަައޫދީ އަރަބިއްޔާއާއި އެކު ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މީގެ އިތުރުން، ޣައްޒާ އަލުން އާބާދުކޮށް އާރާސްތުކުރުމަށް ޕާކިސްތާނުން އެހީތެރިވާނެ ކަމަށް ބުނެފައިވާއިރު ޕާކިސްތާނުގެ ސިފައިން އަންނަނީ ބައިނަލްއަގްވާމީ މައިދާނުގައި ބޮޑެތި ކާމިޔާބާއި ކުރިއެރުންތައް ހޯދަމުންނެވެ.

މިއާއި އެކު އިންޑިއާއަށް ބޮޑު ބިރުވެރިކަމެއް އުފެދި އެހެން ގައުމުތައް މެދުވެރިކޮށް ޕާކިސްތާނަށް ހަމަލާދޭން އަނިޔާވެރި މޯދީގެ ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved