March 14, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އިންޑިއާގެ ޕެންޝަން ފަންޑްގައި ހުރި ލާރި އަދާނީ އަށް ދިން ކަން ފަޅާއަރައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 30, 2025, 06:17 PM
މާލެ ސިޓީ

އިންޑިއާގެ އެންމެ މުއްސަނދި އެއް ލައިފް އިންޝުއަރެންސް ކޯޕަރޭޝަން (އެލްއައިސީ - ޕެންޝަން ފަންޑް) އިން 3.9 ބިލިއަން ޑޮލަރު އިންޑިއާގެ އެންމެ މުއްސަނދި އެއް ކުންފުނި ކަމަށްވާ ގައުތަމް އަދާނީގެ ކުންފުނިތަކަށް އިންވެސްޓް ކުރަން އުޅޭ ކަން ފަޅާ އެރުމާއި ގުޅިގެން މޯދީ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

Advertisement

އެމެރިކާގެ ވޮޝިންގޓަން މީޑިއާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެމެރިކާގެ ފުލުހުން އަދާނީގެ މައްޗަށް މަކަރާއި ހީލަތް ހެދުމާއި ރިޝްވަތު ދިނުމުގެ ދައުވާ އުފުލިތާ މާ ގިނަ ދުވަހެއް ނުވަނީސް އިންޑިއާ ސަރުކާރުން އޭނާގެ ކުންފުނިތަކަށް އެހީތެރިވި ގޮތް ހާމަކޮށްފައިވެއެވެ. އަދި އެމެރިކާ އާއި ޔޫރަޕްގެ ބައެއް ބޭންކުތަކުން އޭނާއަށް ލޯނު ދޭން ދެކޮޅު ހެދި ކަމަށް ވެސް އެ ރިޕޯޓުތައް ބުނެއެވެ.

އިންޑިއާގެ އިދިކޮޅު ޕާޓީތަކުން ތުހުމަތު ކުރާ ގޮތުގައި މިއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިސްވެ ހުރެ ކޮށްފައިވާ ކަމެކެވެ. ވޯޓުން ވައްކަން ކޮށްގެން ބޮޑު ވަޒީރުކަމަށް އައި މޯދީ ސަރުކާރުން ރައްޔިތުންގެ ފައިސާ ބޭނުން ކުރަނީ އާންމު ރައްޔިތުންނަށް އެހީވުމުގެ ބަދަލުގައި އަމިއްލަ ފައިދާ ހޯދުމަށް ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މި ވައްކަމުގެ ސަބަބުން އިންޑިއާގެ އެތައް މިލިއަން ރައްޔިތުންގެ ސޭވިން މެނޭޖް ކުރާ އެލްއައިސީ ފަދަ ދައުލަތުގެ މުއައްސަސާތަކަށް އާންމުންގެ އިތުބާރު ވަނީ ގެއްލިފައެވެ. އަދި އެ ބޭފުޅުން ވިދާޅުވާ ގޮތުގައި ސިޔާސީ ގުޅުން އޮންނަ ކުންފުނިތަކަށް ބެލްއައުޓް ކުރުމުގެ ބަދަލުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އިސްކަން ދޭން ޖެހޭނީ އިންވެސްޓަރުންނަށް ރައްކާތެރި ކުރުމަށް ކަމަށެވެ.

މި ރިޕޯޓާ ގުޅިގެން އިންޑިއާ ސަރުކާރުން އަދި ސީދާ ޖަވާބެއް ނުދެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved