March 16, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ޕޮލިސް ޚިޔާނާތް: ހަތަރު ފުލުހަކު ވަކިކުރަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 30, 2025, 07:26 PM
މާލެ ސިޓީ

ށ.މިލަންދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންތަކެއްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާވި މައްސަލައިގެ ތަހުގީގަށް ފަހު އެކަމުގައި ޝާމިލްވާ ހަތަރު ފުލުހުން ވަޒީފާއިން ވަކިކުރަން ނިންމައިފި ކަމަށް ފުލުހުންގެ އިދާރާއިން ހާމަކޮށްފިއެވެ.

Advertisement

މި އަހަރުގެ ޖުލައި 08 ވަނަ ދުވަހު ފުލުހުންގެ އިދާރާއިން ވަނީ ށ. މިލަންދޫ ޕޮލިސްގައި މަސައްކަތްކުރާ ފުލުހުންތަކެއްގެ ބެންކު އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލަ އެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބެލުމަށް ފަހު ޑިސިޕްލިނަރީ ބޯޑަށް ހުށައެޅުމުން އެ ބޯޑުން ނިންމީ ތުހުމަތު އޮތް ހަތަރު ފުލުހަކު ވަޒީފާއިން ވަކިކުރުމަށް ލަފާ ދީފައިވާ ކަމަށެވެ.

މި ހަތަރު ފުލުހުން މިހާރު ވަނީ މާލެ ގެނެސްފައެވެ. އަދި އިސްތިއުނާފް މަރުހަލާ ނިމެންދެން ވަޒީފާއިން ސަސްޕެންޑް ކުރުމަށް ނިންމާފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި ހަތަރު ފުލުހުން ހިންގާފައިވާ ޚިޔާނާތުގެ މައްސަލައަކީ ކޮއްތު ފައިސާ އެ ފުލުހުންގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލަ އެކެވެ. އެކަން ކުރަމުން އައީ އެ ރަށުގައި ތިބޭ ފުލުހުންނަށް ކޮއްތު ތައްޔާރު ކޮށްދޭ މީހާއާ ގުޅިން ކަމަށް މައުލޫމާތު ލިބެއެވެ.

ނަމަވެސް، އެކައުންޓްތަކަށް ޖަމާކޮށްފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމަށް ޔަގީން ނުކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved