theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ދުނިޔެ
ނިއުކްލިއަރ ގޮތުން ޗައިނާ އިން އެމެރިކާ ވައްޓާލުމާއި އެކު ޓްރަމްޕް ރުޅިގަދަވެއްޖެ
Aiminath Zawjah
އައިމިނަތް ޒަޢުޖާ
31 އޮކްޓޯބަރު 2025
މާލެ ސިޓީ

ޗައިނާއިން އެމެރިކާ ވައްޓާލުމަށްފަހު ދުނިޔޭގެ ކޮންމެ ހިސާބަކުން އެއްފަހަރާ އެއްހާސް މިސައިލް ފޮނުވާލި ކަމުގައި ވިޔަސް އެ ހުރިހާ މިސައިލެއް އެއްފަހަރާ ޓްރެކް ކުރެވޭ ވަރުގެ “ފުރަތަމަ ގްލޯބަލް މިސައިލް ޝީލްޑް” ޗައިނާއިން އުފައްދުމާއި އެކު ޓްރަޕްމް ރުޅިގަދަވެއްޖެއެވެ.

މިގޮތުން އެމެރިކާގެ ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރުމުގެ މަސައްކަތް ވަގުތުން ފެށުމަށް އެ ގައުމުގެ ހަނގުރާމައިގެ ޑިޕާޓްމަންޓަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަމުރުކޮށްފައެވެ.

ޗައިނާއިން އުފެއްދި މި ސިސްޓަމަކީ އެއްގަމާއި ކަނޑާއި ވައިގެ މަގުން ދުނިޔޭގެ ކޮންމެ ބައްރަކުން މިސައިލެއް ފޮނުވައިލިޔަސް ދެނެގަނެވޭނެ ނިޒާމެއް ކަމަށް ޗައިނާއިން ބުނެއެވެ.

މީގެ އިތުރުން، ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ވެސް ވަނީ ޕޮސެއިޑަން ނިއުކްލިއާ އިންޖީނުގެ ސުޕަ ޓޯޕީޑޯއެއް ރަޝިޔާއިން ކާމިޔާބުކަމާއެކު ޓެސްޓްކޮށްފައިވާ ކަމަށް ބުނެފައެވެ.

ރަޝިއާއާއި ޗައިނާއަކީ ނިއުކްލިއަރ ގޮތުން އެމެރިކާއާއި އެންމެ ވާދަވެރި ދެ ގައުމެވެ.

1992 ވަނަ އަހަރުން ފެށިގެން އެމެރިކާއިން ނިއުކްލިއާ ހަތިޔާރެއް ޓެސްޓް ކޮށްފައިވާ ކަމަކަށް ރިޕޯޓްތަކުން ނުދައްކައެެވެ.

ޗައިނާގެ މި ނިއުކްލިއަރ ޕްރޮޖެކްޓާއި ގުޅިގެން އެމެރިކާ ސަރުކާރުން ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައިނުވެއެވެ.

ދުނިޔޭގެ ނިއުކްލިއަރ ބާރު ކަމަށް ދައުވާ ކުރާ އެމެރިކާ ފަހަތަށް ޖައްސާލުމަށްފަހު ޗައިނާއިންނާއި އެހެން ގައުމުތަކުން އަންނަނީ ނިއުކްލިއަރ ހަތިޔާރު އުފައްދާ ޒަމާނީ ހަތިޔާރުތަކަށް ފޯކަސް ކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved