March 16, 2026
Advertisement
ފުލުހުންގެ މައި އިދާރާ
ފުލުހުންގެ މައި އިދާރާ / ތޭރަ އޮންލައިން

ބަރަހަނާ މަންޒަރު ދެއްކި ޓީޗަރަކު ހައްޔަރުކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Nov 1, 2025, 10:47 PM
މާލެ ސިޓީ

ސްކޫލު ދަރިވަރުންތަކަކަށް ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯ ދައްކައި ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ރާއްޖޭގައި ޓީޗަރަކު ހައްޔަރުކޮށްފިއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ ރާއްޖޭގައި ކިޔަވައިދެމުންދާ ދިވެހި ޓީޗަރެކެވެ.

އެގޮތުން މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ، ސައުތު ސެންޓްރަލް  ޕޮލިސްގައި ހިމެނޭ ރަށެއްގެ ސްކޫލު ޓީޗަރަކު އެ ސްކޫލުގެ ފިރިހެން ދަރިވަރުންތަކަކަށް ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯ ދައްކައި ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީން ފުލުހުންނަށް ހުށަހެޅީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 40 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރު ކުރީ މިދިޔަ މަހުގެ 27ގައި ކަމަށާ އޭނާގެ ބަންދަށް ކޯޓުން ވަނީ 30 ދުވަސް ދީފައިކަމަށް ހާމަކޮށްފައިވެއެވެ.

ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުން ކަމަށް އެ މުއައްސަސާއިން ހާމަކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved