April 17, 2026
Advertisement
ފަލަސްތީނުގެ ރައްޔިތުން ޝަހީދުންގެ ޒަނާޒާއަށް ތައްޔާރުވާ މަންޒަރު
ފަލަސްތީނުގެ ރައްޔިތުން ޝަހީދުންގެ ޒަނާޒާއަށް ތައްޔާރުވާ މަންޒަރު / އަލްޖަޒީރާ

ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 30،228 އަށް

Aishath Naja
އައިޝަތު ނަޖާ
Mar 2, 2024, 04:09 AM
ޣައްޒާ

ޔަހޫދީ އިސްރާއީލުން ޣައްޒާގައި ޝަހީދުކޮށްލި މީހުންގެ އަދަދު 30،228 އަށް އަރައިފިއެވެ.

Advertisement

ޣައްޒާގެ ހެލްތް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި އަދަދަކީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދެވެ.

މިނިސްޓްރީން ބުނި ގޮތުގައި މީގެ ތެރެއިން 193 މީހުންނަކީ ފާއިތުވި 24 ގަޑިއިރު ޝަހީދު ކޮށްލާފައިވާ މީހުންނެވެ.

އެ މުއްދަތުގައި އިތުރު 920 މީހަކަށް ސީރިއަސް ޒަހަމްތަކެއް ވަނީ ވެފައެވެ.

ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 30،228 އަށް އަރާފައިވާއިރު، އިއްޔެ މިއަދަދު އުޅުނީ 30،000 ގައެވެ.

މިއަދަދު ކުއްލިއަކަށް އިތުރުވެފައިވަނީ އިއްޔެ ކާބޯތަކެތި ހޯދުމަށް ކިޔުގައި ތިބި ޣައްޒާގެ ގިނަ އަދަދެއްގެ ރައްޔިތުން ޝަހީދު ކޮށްލުމާއި ގުޅިގެން ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިސްރާއީލާއި ޣައްޒާއާއި ދެމެދު މިހާރު ހިނގަމުން އަންނަ ހަނގުރާމަ ފެށިފައިވަނީ އިސްރާއީލުގެ އަނިޔާވެރިކަމުން ފަލަސްތީނުގެ ރައްޔިތުން މިނިވަން ކުރުމަށް ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން އިސްރާއީލާއި ދެކޮޅަށް އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ދިން ހަމަލާއާއި ގުޅިގެންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved