March 16, 2026
Advertisement
.
. / ސަން

އޮފީސްތަކުގެ އިދާރީ މުވައްޒަފުންނަށްވުރެ ބޮޑަށް މަސައްކަތު މީހުންގެ މުސާރަ ބޮޑު!

Yana Shareef
ޔާނާ ޝަރީފް
Nov 2, 2025, 10:47 PM

އިދާރީ މުވައްޒަފުންނަށްވުރެ މަސައްކަތު މީހުންގެ މުސާރަ ބޮޑުކަމަށް ހާމަވެއްޖެއެވެ.

Advertisement

މެޑަލް ޖެހުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މި މަހު އެއްވަނަ ދުވަހު ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރައާއި, ޝަރުއީ ދާއިރާގެ މުވައްޒަފުންގެ އިތުރުން ސިވިލް ސާވިސް މުވައްޒަފުން މުސާރަ ވެސް ވަނީ ބޮޑުކޮށްފައެވެ.

މުސާރަ ބޮޑުކުރި އިރު ވަރަށް ބޮޑަށް ބޭއިންސާފުން ކަންތައް ކޮށްފައިވާކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.

އެގޮތުން ނަން ހާމަނުކުރުމަށް ޝަރުތުކޮށް ތޭރައޮންލައިނަށް މައުލޫމާތު ދިން ފަރާތެއް ބުނީ އެ ފަރާތުން މަސައްކަތް ކުރާ އޮފީހުގައި ވެސް އިދާރީ މުވައްޒަފުންނަށްވުރެ ބޮޑަށް ސާފުކުރަން އުޅޭ މަސައްކަތު މީހާގެ މުސާރަ ބޮޑުކަމަށެވެ.

އިދާރީ މުވައްޒަފުންނަކީ ފައިސާ ހަރަދުކޮށްގެން ބޮޑެތި ޔުނިވަސިޓީތަކުން ތައުލީމު ހާސިލުކޮށްގެން ތިބޭ ބަޔަކަށްވާއިރު އެއްވެސް ތައުލީމެއް ނެތް ބަޔަކަށް މުސާރަ ބޮޑުކޮށް ދޭތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ.

މީގެއިތުރުން މިހާރު އަަށް ގަޑިއިރު ހަމަކުރުމުން ނޫނީ އިތުރުގަޑީގެ ފައިސާވެސް ދެވެން ނެތްކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މުސާރަ ބޮޑުކުރިކަމަށްބުނެ ސަރުކާރުން ފޮނި އަނގަތަޅަމުން ދާއިރު ހަގީގަތުގައި މިިކަމުގައި ވެސް ވަނީ ވަރަށް ބޮޑަށް ރައްޔިތުންނަށް އޮޅުވާލާފައެވެ.

ކޮމެންޓު
ކޮމެންޓްތައު
އިންސާފު
Nov 3, 2025, 03:08 AM
އެއީ ތެދު ވާހަކައެއް.
ހަސަން 88
Nov 3, 2025, 12:52 AM
މެދު ފަންތީގެ މުސާރަ ވީ ކުޑަ
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved