theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ޕޮލިސް މީޑިޔާ
ހަބަރު
އައްޑޫ ޕޮލިސް ކަސްޓޯޑިއަލްއަށް މަސްތުވާތަކެތި ވައްދަން އުޅުނު ފުލުހަކަށް ދައުވާކުރަން ފޮނުވައިފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
02 ނޮވެމްބަރު 2025
މާލެ ސިޓީ

ފުލުހުންގެ ޔުނީފޯމްގައި އައްޑޫ ސިޓީ، ހިތަދޫ ކަސްޓޯޑިއަލް ޖަލަށް ޑްރަގް ވައްދަން އުޅުނު ފުލުހަކު ހައްޔަރުކޮށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން މިއަދު ބުނީ ޕޮލިސް ކޮންސްޓެބަލް ސ. ހިތަދޫ، ފުނަގެ، މުހައްމަދު ނައުފް ނަސީމް، 25، އައްޑޫ ހިތަދޫ ޕޮލިސް ކަސްޓޯޑިއަލްއަށް ވެއްދުން މަނާ ތަކެތި ވައްދަން އުޅޭ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ އޭނާ ހުއްޓުވައި ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ފެނިފައި ވާތީ، އެ ރޭ އޭނާ ހައްޔަރުކުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާއިރު، އެ 15 ދުވަސް ހަމަވުމުން އޭނާ ދޫކޮށްލާފައި ވަނީ ސެޕްޓެމްބަރު 20 ވަނަ ދުވަހު ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ، މި މައްސަލައިގެ ތަހުގީގު ނިންމައި އޮކްޓޯބަރު 13 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

މިއާއި އެކު ތުލުސްދޫއިން ބަނގުރަލާއި އެކު ހައްޔަރުކުރި މީހުންގެ ތެރޭގައި އަންހެން ފުލުހަކު ހިމެނި އޭނާ ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved