March 16, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ވީއައިއޭ ޒަމާނީ އެއާޕޯޓަކަށް ރައީސް ޔާމީން ހައްދަވާ ދިނުމުންވެސް މުއިއްޒު އުޅުއްވަނީ އެތަނުގެ ފިނިހޫނުމިން ބަހައްޓަން ޖެހޭވަރު ނޭގިގެން: މަލީހް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 2, 2025, 09:16 PM
މާލެ ސިޓީ

‏ރާއްޖޭގެ މައި އެއަރޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓް ބޭރު ބަޔަކަށް ވިއްކާލާފަ ވަނިކޮށް 350 މިލިއަން ޑޮލަރު ދައްކާފަ އެއަރޕޯޓް ދިވެހިންގެ ތަނަކަށް ހަދާ 1 ބިލިއަން ޑޮލަރުގެ ޒަމާނީ އެއަރޕޯޓެއް ރައީސް ޔާމީން އަބްދުލްގައްޔޫމް ހައްދަވާ ދެއްވީމަ މުއިއްޒު އުޅުއްވަނީ އެތާ ފިނި ހޫނުމިން ބަހައްޓަންވި ވަރު ނޭގިގެން ކަމަށް ބުނެ ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

އެއާޕޯޓުގައި ފިނިހޫނު މިން މިހާރު ހުންނަނީ 15 ޑިގްރީ ސެލްސިއަސްގައެވެ. އެއީ މާ ބޮޑަށް ފިނި މިނެއް ކަމަށާއި އިސްރާފު ބޮޑު ގޮތެއް ކަމަށް ބުނެ ގިނަ ބަޔަކު ފާޑު ކިޔާފައިވެއެވެ.

-
-

މީގެ އިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދުވަނީ އެއާޕޯޓްގެ ފިނިމިން ރަނގަޅު ނޫން ކަމަށާއި ވަރަށް ފިނި ގަދަކަމަށް ބުނެ ޕޯސްޓް ކޮށްފައެވެ.

ޖުލައި 26 ވަނަ ދުވަހު ހުޅުވުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް މިހާރު ޚިދުމަތްދެމުން އަންނައިރު މިއީ ރައީސް ޔާމީންގެ ބުރަ މަސައްކަތުން ދިވެހިންނަށް ދިވެހިންގެ އެއާޕޯޓް އަނބުރާ ހޯދައިދީ ހައްދަވާ ދެއްވި އެއާޕޯޓެކެވެ.

އެތަން ހުޅުވުމުގެ ޝަރަފު މި ސަރުކާރުން ހޯދި ނަމަވެސް އެކަށީގެންވާ ގޮތެއްގައި އެއާޕޯޓް ހިންގުމަށް މުއިއްޒަށް ވަނީ ނޭގިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved