March 16, 2026
Advertisement
ކޮޅުވެއްޓީ ބަންޑުން ޖަހާލުން: ޖުމްލަ 6 މީހަކު ވަނި ހޮސްޕިޓަލަށް ގެންގޮސްފައި
ކޮޅުވެއްޓީ ބަންޑުން ޖަހާލުން: ޖުމްލަ 6 މީހަކު ވަނި ހޮސްޕިޓަލަށް ގެންގޮސްފައި / ޕޮލިސް މީޑިޔާ

ކޮޅުވެއްޓީ ބަންޑުން ޖަހާލުން: ޖުމްލަ 6 މީހަކު ހޮސްޕިޓަލުގައި، އެކަކުގެ ހާލު ސީރިއަސް

Mariyam Isaadha
މަރިޔަމް އިސާދާ
Nov 2, 2025, 10:19 PM
މާލެ ސިޓީ

ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި މި ހާތަނށް 6 މީހަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

Advertisement

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ސަރުކާރުގެ މައި ހޮސްޕިޓަލު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އިމަރޖެންސީގައި 6 މީހަކަށް ދަނީ ފަރުވާ ދެމުން ކަމަށާ އޭގެ ތެރޭގައި ހިމެނެނީ 2 ބިދޭސީންނާ 4 ދިވެހިންނެވެ. އޭގެ ތެރެއިން އެއް ބިދޭސިއަކަށް ބޮޑެތި އަނިތާތަކެއްވެ ހާލު ސީރިއަސް ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މާލޭގެ އެމްޕީއެލް ބަނދަރު ސަރަހައްދާ ކައިރިން ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލާފައިވަނީ މިއަދުގެ މެންދުރުން އަނބުރާ 3:44 ހާކަން އިރު އެވެ. އެ ސަރަހައްދުގައި ފުލުހުންނާ އެމްއެންޑީއެފުން ވެސް ހަރަކާތްތެރިވަމުން ދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިކަމުގެ އިތުރު ތަފްސީލު ކަމާ ގުޅުން ހުރި އެއްވެސް އިދާރާއަކުން އަދި ހާމަކޮށްފައިނުވެއެވެ. ނަމަވެސް މީސް މީޑިޔާގައި ބައެއް ފަރާތްތަކުން ރިޕޯޓުކޮށްފަިއވާ ގޮތުގައި ކޮޅުވެއްޓި ބަންޑުން ޖަހާލީ އެކްސްކަވޭޓަރުތަކެއް އަންލޯޑު ކުރުމުގެ ތެރޭގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved