ދިވެހި ދަރިވަރުން ކިޔެވުމަށް ދިރިއުޅެމުން އަންނަ ފިލިޕީންސްގެ ސިޓީއެއް ކަމަށްވާ ސެބޫ އަށް ބާރުގަދަ ތޫފާނެއް އަރައިފި ކަމަށް އެ ގައުމުން ރިޕޯޓްކޮށްފިއެވެ.
މި ތޫފާން އެ ސިޓީއަށް އަރާފައި ވަނީ ރޭ ރާއްޖެ ގަޑިން 11:00 ހާއިރެވެ.
"ޓައިޕްހޫން ޓީނޯ"ގެ ނަމުން ނަން ދީފައިވާ ކެޓެގަރީ 4ގެ މި ތޫފާނު އެރި ސެބޫއަކީ 30 އަށްވުރެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ ސިޓީއެއްކަމަށް މައުލޫމާތު ހޯދިފައިވެއެވެ.
އެ ސިޓީއަށް ތޫފާން އެރުމާއެކު ކަރަންޓާއި ފެން ކެނޑިފައިވާ ކަމަށްވެސް ރިޕޯޓްތަކުން ބުނެއެވެ.
މި ހާދިސާގައި ދިވެއްސަކަށް އެއްވެސް ގެއްލުމެއް ނުވަތަ ނިޔާވިކަމުގެ މައުލޫމާތެއް ލިބިފައިނުވެއެވެ.
މީގެ އިތުރުން، މި ތޫފާނާއި ގުޅިގެން ފޮރިން މިނިސްޓްރީއިން ރަސްމީކޮށް ދިވެހިންގެ ހާލަތާއި ގުޅޭ މައުލޫމާތެއް ހިއްސާކޮށްފައިނުވެއެވެ.