theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ރައީސް އޮފިސް
ހަބަރު
ވާނުވާ ބަންދަށް ހައްލެއް ނުލިބޭ، ސަބަބު ބުނެދޭން ޖެހޭ: އައްބާސް
Mariyam Isaadha
މަރިޔަމް އިސާދާ
04 ނޮވެމްބަރު 2025
މާލެ ސިޓީ

ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބާ ގޮތަށް އޮންނަ އޮތުން ނިމުމަކަށް ނާންނަ ކަމަށާ އެކަން އެމަގުން ހިނގާ ސަބަބު ސާފުކޮށްދޭން ރައީސުލްޖުމްހޫރިއްޔާއަށް ޖެހޭ ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ހެއްކާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން އައްބާސް ވަނީ ފަނޑިޔާރުންގެ ތެރެއިން ގިނަ ފަނޑިޔާރުންނަކީ ރިޝްވަތުގެ ހުުތުރު ފައިސާގައި ޖެހި ކޮރަޕްޝަނުން ތަތްތެޅިފައިވާ ބައެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

އައްބާސް ވަނީ ވާނުވާ ބަންދު އުވާލުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއްކަން ހަނދާން އައުކޮށްދެއްވާފައެވެ. ނަމަވެސް ވެރިކަމަށް ދެ އަހަރު ފުރިގެންދާއިރުވެސް އެ މައްސަލައަށް ހައްލު ނުލިބޭކަން ފާހަގަކުރައްވާ އައްބާސް ވިދާޅުވެފައިވަނީ، ވާނުވާގައި ޖަލުގެ ތޭރިތަކުގެ ތެރޭގައި އެއްވެސް ދިވެހި ރައްޔިތަކު އޮންނަން ނޭނދޭ ކަމަށެވެ.

މީގެ އިތުރުން އައްބާސް ވަނީ ސަރުކާރަށް ދެ އަހަރުވެގެން ދާއިރު ރިޔާސީ އެ ވައުދު ނުފުއްދާ ފާއިތުކުރާ ކޮންމެ ވަގުތަކީ އެ އާއިލާތައް ހާލުގައި ޖައްސަމުންދާ ވަގުތުތަކެއް ކަމަށެވެ. ނިކަމެތިންނާ އިއްޒަތްތެރިންވެސް ޝަރުއީ ނިޒާމުގެ ތެރެއިން ތަފާތުކުރުން ގެންގުޅޭކަން ފާހަގަކުރައްވާ އައްބާސް ވިދާޅުވި، އިއްޒަތްތެރިންގެ މައްސަލަ ޝަރީއަތަށް ހުށަހެޅޭތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފަޓާސް ބަރިއެއްހެން ނިންމާލާ ކަމަށެވެ. ނަމަވެސް ނިކަމެތި ރައްޔިތުންގެ މައްސަލަތައް މަޑުޖެހިފައި އޮންނަ ސަބަބު ސާފުވާންޖެހޭ ކަމަށް އައްބާސް ވަނީ ވިދާޅުވެފައެވެ.

އައްބާސް މިހެން ވިދާޅުވެފައިވާއިރު، ވާނުވާ ބަންދުގައި ގިނަ އަދަދެއްގެ ބަޔަކު ތިބެން ޖެހުމުގެ ކަންބޮޑުވުން ގިނަ ބަޔަކު ރައީސަށް ހިއްސާ ކުރުމުން، އެކަމަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved