ތަރައްގީގެ މަޝްރޫއުތައް ނުހިންގާކަމާއި, މަޝްރޫއުއެއް އިއުލާނުކޮށް ސަރުކާރުގެ ކުންފުނިތަކާ ހަވާލުކުރާކަމުގެ ޝަކުވާ ބޮޑުވުމުން ގޮތް ހުސްވެ އަމިއްލަ ކުންފުނިތަކާ 205 މަޝްރޫއުއެއް ހަވާލުކުރަން ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް މަޖުބޫރުވެއްޖެއެވެ.
މިކަން މިގޮތަށް ކުރައްވަން ނިންމަވާފާއިވާކަން އިއުލާނު ކުރެއްވީ އެއްވެސް ވަރަކަށް ތަރައްގީ ގެނެއުމަށް މަސައްކަތް ނުކުރައްވާ އަދުގެ ރައީސް މުހައްމަދު މުއިއްޒެވެ.
އެމަނިކުފާނު ވިދާޅުވީ މާދަން މާލޭގައި މި މަޝްރޫއުތައް ހަވާލުކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާކަމަށެވެ.
މުއިއްޒު ވިދާޅުވީ މިއީ އެމަނިކުފާނު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވަޑައިގެން ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައްކަމަށެވެ.
މުއިއްޒު ސަރުކާރު އައުމަށްފަހު އެންމެ މަޝްރޫއުއެއް އަމިއްލަ ކުންފުނިތަކަށް ނުދޭކަމުގެ ޝަކުވާ ގިނަ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ. މަނީ ލޯންޑަރިންގެ އަމަލުތައް ހިންގެވުމަށް ހުރިހާ މަޝްރޫއުެއް ވެސް ސަރުކާރުގެ ކުންފުނިތަކަށް ދޭކަން ފާހަގަކޮށްލެވެެެެއެވެ.
އެގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ވެސް ފިޓްނެސް ސެންޓަރުތައް އެޅުމަށް ހަވާލުކުރަމުންދިޔައެވެ. ރައްޔިތުން އެކަމަށް ޖޯކު ޖަހަން ފެށުމުން ފަހުން ވަނީ އެމްއޭސީއެލްގެ ދަށުން އައު ކުންފުންޏެއް އުފައްދާފައެވެ.