April 22, 2026
Advertisement
-
- / ނިއުޔޯކް ޓައިމްސް

މަމްދާނީ އިންތިޚާބު ކާމިޔާބު ކުރުމުން ނިއުޔޯކަށް ނުދާނެ ކަމަށް ނަތަންޔާހޫ ބުނެފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 6, 2025, 07:10 PM
މާލެ ސިޓީ

ނިއުޔޯކްގެ މޭޔަރުކަމުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ޒޮހްރާން މަމްދާނީ އެ އިންތިޚާބު ކާމިޔާބު ކުރުމާއި އެކު ނިއުޔޯކަށް ދެން ނުދާނެ ކަމަށް ސަހްޔޫނީންގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

Advertisement

މަމްދާނީ މޭޔަރު ކަމުގެ ކެމްޕޭން ތެރޭގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އިންޒާރުތަކާއި ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. ސަހްޔޫނީންނަކީ އެމެރިކާގެ އެއް އަތް ކަމަށްވާއިރު ޓްރަމްޕާއި އެއްބައިވެ ނަތަންޔާހޫވެސް ވަނީ މަމްދާނީއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެ އިންޒާރުދީފައެވެ.

ނަތަންޔާހޫ މިފަދައިން ބުނުމުން މިއީ ނިއުޔޯކަށް ލެއްވި ރަހުމަތެއް ކަމަށާއި  މަމްދާނީ މުޅި ދުނިޔޭގެ ރައީސް ކަމަށްވެސް ހޮވަން ޖެހޭނެ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ނަތަންޔާހޫއަށް މަލާމާތުގެ ބަސްތައް ރައްދު ކުރަމުންނެވެ.

މަމްދާނީ ވަނީ ބޮޑު މެޖޯރިޓީއާއި އެކު އިންތިޚާބު ކާމިޔާބުކޮށް ނިއުޔޯކްގެ ފުރަތަމަ މުސްލިމް މޭޔަރުކަމުގެ މަގާމުވެސް ހޯދާފައެވެ. މަމްދާނީގެ ކާމިޔާބީގެ ޖަލްސާގައިވެސް އޭނާ ވަނީ ތަކުރާރުކޮށް އޭނާއަކީ މުސްލިމެއްކަން ފާހަގަކޮށް ހަމަހަމަކަމާއި ރައްކާތެރި ތަނަކަށް ނިއުޔޯކް ހަދާނެ ކަމަށް ބުނެފައެވެ.

އަދި މި ސްޕީޗްގައި ޓްރަމްޕަށް ވެސް ބޮޑެތި ފާޑުކިޔުންތަކާއި އެކު ވަރުގަދަ ރައްދެއްވެސް ދީފައެވެ.

“ޓާން ދަ ވޮލިއުމް އަޕް”

މަމްދާނީ ޓްރަންޕަށް ބުންޏެވެ.

މަމްދާނީއަކީ ޔުގެންޑާގެ ކަމްޕާލާއަށް އުފަންވެވަޑައިގެންނެވި ބޭފުޅެކެވެ. އޭނާގެ އާއިލާ ނިޔު ޔޯކަށް ބަދަލުވެވަޑައިގެންނެވީ އުމުރުން ހަތް އަހަރުގައެވެ. މަމްދާނީއަކީ ޔުގެންޑާގެ އިލްމުވެރިޔާ މަހްމޫދު މަމްދާނީ އާއި އިންޑިއާގެ ފިލްމު ޑައިރެކްޓަރު މީރާ ނާޔަރުގެ ފިރިހެން ދަރިކަލުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved