March 16, 2026
Advertisement
-
- / ޕޮލިސް މީޑިޔާ

ރިސޯޓުތަކުން އުކާލާ ތެޔޮ ވިއްކާކަމުގެ ތުހުމަތުގައި ބިދޭސީންތަކެއް ހައްޔަރުކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 6, 2025, 10:17 PM
މާލެ ސިޓީ

ރާއްޖޭގެ ރިސޯޓުތަކުގައި ކާބޯތަކެތި ތައްޔާރުކުރަން ބޭނުން ކުރުމަށްފަހު އުކާލާ ތެޔޮ ވިއްކާ ކަމުގެ ތުހުމަތުގައި ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

Advertisement

އެމްޕީއެލް ކޮންޓެއިނަރު ޖެޓީ ސަރަހައްދުގައި އޮތް ޑިންގީއަކުން ތެޔޮ ހަންތަކެއް ބާލައިގެން ޕިކަޕަކަށް އަރުވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ ކަމާއި ގުޅިގެން ހިންގި އޮޕަރޭޝަންގައި ބަންގްލަދޭޝްގެ ފަސް މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން، އެކަކު ދޫކޮށްލާފައިވާ ކަމަށާއި އަދި ބާކީ ތިބި ހަތަރު މީހުން 10 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށް، ދޯންޏަކާއި ޑިންގީއަކާއި ޕިކަޕެއް ބަލައި ފާސްކުރިއިރު، ރިސޯޓުތަކުގައި ބޭނުންކޮށްފައި ހުރި 46 ހަން ތެޔޮ ފެނިފައިވާ ކަމަށެވެ.

ބިދޭސީންގެ މިފަދަ މައްސަލަތަކުގެ ވާހަކަތައް އަބަދުވެސް ފެންމަތިވެއެވެ. ނަމަވެސް މިފަދަ މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ހޯދައިނުދެވެއެވެ.

މި ފަހުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ބަޔާނެއްގައިވަނީ އެފަދަ ތަންތަނުން އުކާލާ ތެޔޮ، ހަލާލް ނޫން ކާބޯތަކެތިން ތަޣައްޔަރުވެފައިވާ ހުރެދާނެ ކަމަށާއި އެއީ ރައްކާތެރި އެއްޗެހި ނޫންކަން ކަމަށް އެމްއެފްޑީއޭގެ ބަޔާނުގައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved