March 12, 2026
Advertisement
ޚުތުބާ
ޚުތުބާ / ސޯޝަލް މީޑިއާ

ހަގީގީ އުފާވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ހުތުބާ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 7, 2025, 08:59 PM
މާލެ ސިޓީ

އުފާވެރިކަމާއި ބާއްޖަވެރިކަން އޮތީ މުދަލާއި ފައިސާއާއި، ޖާހާއި މަންސަބާއި، މަޝްހޫރުކަމުން ނޫން ކަމަށާއި ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން ކަމަށް މިއަދު ގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

Advertisement

"ބާއްޖަވެރިކަމަކީ އަސާސީ އިސްލާމްދީން" ގެ މައުޟޫއަށް މިއަދުގެ ޚުތުބާ އަލިއަޅުވާލާފައިވާއިރު ހުތުބާގައި ވިދާޅުވީ ބާއްޖަވެރިކަމަކީ، އިންސާނުން އެ ނިޢުމަތެއް ހޯދުމަށް ޓަކައި އެންމެ ބޮޑަށް މަސައްކަތްކުރާ އެއް ނިއުމަތް ކަމަށެވެ.

ބާއްޖަވެރިކަމާއި އުފާވެރިކަން ހޯދުމުގައި، މުސްކުޅިއެއް ޒުވާނެއް، މުއްސަންޖެއް ފަގީރެއް، މުސްލިމެއް ޣައިރު މުސްލިމެއް، ތަފާތެއް ނެތް ކަމަށާއި އެ އެންމެން ވެސް ބޭނުންވަނީ ބާއްޖަވެރިކަމާއި އުފާވެރިކަން ކަމަށް ހުތުބާގައި ވެއެވެ.

ހުތުބާގައި ވިދާލުވީ، ބާއްޖަވެރިކަމުގެ އަސާސަކީ އިސްލާމް ދީން ކަމަަަަށެވެ. އެހެނީ އިސްލާމް ދީނަކީ الله سُبْحَانَهُ وَتَعَالَى އިންސާނުން މި ދުނިޔޭގައި ދިރިއުޅުމަށް ޓަކައި އިޚްތިޔާރުކުރައްވައިފައިވާ މަގު ކަމަށާއި އެއީ ނަފުސުގެ ހަމަޖެހުމާއި ހިތްތައް އިސްލާހުގެ މަގަށް ގެންދާ ފުރިހަމަ ނިޒާމެއް ކަމަށް ހުތުބާގައި ވެއެވެ. އަދި މި ނިޒާމުން ހެޔޮކަމާއި ބަރަކާތުގެ މަގުތައް ހުޅުވޭ ކަމަށްވެސް ހުތުބާގައި ވެއެވެ.

މީގެ އިތުރުން، ބާއްޖަވެރިކަމުގެ އެއް ސަބަބަކީ، އިސްލާމީ ޝަރީއަތަކީ ފުރިހަމަ އަދި ޝާމިލު ޝަރީއަތެއް ކަން އެނގުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި އެތައް ދާއިރާއަކުން މި ބާއްޖަވެރިކަން ގެނެސްދިނުމަށް، ގިނަގުނަ ކަންކަން ޝަރުއު ކުރައްވާފައިވާ ކަމަށް ހުތުބާގައި ވެއެވެ. މި ފަދަ ފުރިހަމަ ނިޒާމެއް، ފަލްސަފާއެއް ނުވަތަ އުސޫލެއް އިސްލާމްދީން ފިޔަވައި މި ދުނިޔެއަކު، ނުވާ ކަމަށާއި މިއީ ދުނިޔެއާއި އާހިރަތުގެ ބާއްޖަވެރިކަމާއި ނިއުމަތަށް އިންސާނާ ގެންދާ ދީންކަމަށްވެސް ހުތުބާގައި ވިދާޅުވެފައި ވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved