March 12, 2026
Advertisement
.
. / އިސްލާމިކް މިނިސްޓްރީ

ދިއްދޫ އިސްލާމީ މަރުކަޒު މާދަމާ ހުޅުވަނީ، އިމާމުވެ ހުކުރު ކުރައްވާނީ ވަޒީރު ޑރ. ޝަހީމް

Yana Shareef
ޔާނާ ޝަރީފް
Nov 28, 2025, 04:47 AM

މާދަމާ ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާނީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ކަމަށް އެ ވުޒާރާއިން ބުނެފިއެވެ.

Advertisement

ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައިވާ ދިއްދޫ އިސްލާމީ މަރުކަޒު ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ މާދަމާ ހުކުރު ނަމާދަށެވެ.


އެ ވުޒާރާއިން ބުނީ މާދަމާ ހަވީރު ދިއްދޫ އިސްލާމީ މަރުކަޒުގައި ގާއިމްކޮށްފައިވާ އިސްލާމީ ކުތުބުޚާނާ ހުޅުވުމަށް ހަމަޖެހިފައިވާއިރު، މާދަމާ ރޭ އެ މަރުކަޒުގައި ގާއިމްކޮށްފައިވާ ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރު ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ދިއްދޫ އިސްލާމިކް މަރުކަޒަކީ 1500 މީހުންގެ ޖާގައިގެ ބިނާއެކެވެ. ދެ ފަންގިފިލާގެ މި އިމާރާތުގައި 450 މީހުންގެ ޖާގައިގެ މަލްޓިޕަރޕަސް ހޯލަކާއި، ކޮންމެ ކްލާސްރޫމެއްގައި 30 ކުދިންނަށް ތިބެވޭނެ ޖާގައިގެ ހަތަރު ކްލާސްރޫމާއިި، ދެ ސެމިނާ ރޫމް އަދި އިސްލާމިކް ލައިބްރަރީއަކާއި އޮފީސްބައެއް ހިމެނޭނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved