March 16, 2026
Advertisement
-
- / ޕޮލިސް މީޑިޔާ

ވިލިނގިލީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެ!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 8, 2025, 09:21 PM
މާލެ ސިޓީ

ގއ. ވިލިނގިލީގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނާއަށް ފަރުވާ ދެނިކޮށް، ނިޔާވެއްޖެއެވެ.

Advertisement

ފުލުހުން ބުނެފައިވާ ގޮތުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ 01:25 ހާއިރު ވިލިނގިލީގައި ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް، ސަމުގާ މަގުގައި ސައިކަލަކާއެކު ވެއްޓިފައި އޮތް މީހަކު ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

އެ ޒުވާނާ ވެއްޓިފައި ވަނީ، ގެއެއްގެ ފާރުގައި ސައިކަލު ޖެހި، އެކްސިޑެންޓު ވެގެން ކަމަށް ފުލުހުން ބުންޏެވެ. ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް އެ ޒުވާނާ ނިޔާވީ މިއަދުގެ ވަގުތެއްގައި ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

އޭނާގެ ކަށުނަމާދު ކޮށްފައި ވަނީ، މިއަދު މެންދުރު ނަމާދަށް ފަހު އާސަހަރާގައެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 2487 ޓްރެފިކް އެކްސިޑެންޓް އެ މުއައްސަސާއަށް ރިޕޯޓުކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved