March 19, 2026
Advertisement
ޕީިިިިިިިިިިިިީީީީީީީއެންއެފް ޖަލްސާ
ޕީިިިިިިިިިިިިީީީީީީީއެންއެފް ޖަލްސާ / ޝާވިން | ތޭރަ އިމޭޖްސް

ރައީސް ޔާމީންގެ ޝަރީއަތް 14 އަށް އަދި ތާވަލްކޮށްފައި ނެތް: ހައިކޯޓު

Mariyam Isaadha
މަރިޔަމް އިސާދާ
Mar 3, 2024, 12:09 AM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން، ހައި ކޯޓަށް ހުށަހަޅާ، އަޑުއެހުންތައް ނިމިފައިވާ، ވ. އާރަށުގެ އިސްތިއުނާފު މައްސަލައިގެ ހުކުމު ކުރުމުގެ މަޖިލިސް އަދި ވަކި ދުވަހަކަސް ތާވަލްކޮށްފައިނުވާކަމަށް އެ ކޯޓުން ހާމަކޮށްފިއެވެ.

Advertisement

ނިމިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު މައްސަލައިގެ އެންމެ ފަހުގެ އަޑު އެހުން ނިންމަމުން ރިޔާސަތުން ހާމަކޮށްފައިވަނީ އިތުރު ކަމެއް ސާފުކުރުމަށް ނެތްކމުގައިވަނީ ނަމަ ދެން އޮންނާނީ ހުކުމުކުރުން ކަމަށެވެ. ނަމަވެސް އޭގެ ފަހުން ތިން މަސް ފާއިރުވެފައިވާއިރު އަދިވެސް ހައިކޯޓުން ހުކުމްކޮށްފައިނުވެއެވެ.

މީގެ ކުރިން މިކަމާ ގުޅިގެން ރައީސް ޔާމީންގެ ވަކީލުންނާ އަދި އާއިލާގެ އިތުރުން ސަޕޯޓަރުންވެސް ވަނީ އެކި ފަހަރު މަތިން ހައިކޯޓަށް މައުލޫމާތު ސާފުކުރުމަށް ގޮސްފައެވެ. އޭރު ހައިކޯޓުން ހާމަކުރި ގޮތުގައި ލިޔެ ކިޔުންތައް ތައްޔާރުކުރުމުގައި ލަސްވަނީ ކަމަށާ ދިގު އިސްތިއުނާފީ ނުކުތާތަކެއްގެ މައްަޗަށް ބިނާވެފައި އޮތް މައްސަލައެއްކަމުން ލިޔެ ކިޔުންތައް ތައްޔާރުވީހާ އަވަހަކަށް ހުކުމު ކުރުން ތާވަލްކުރާނެ ކަމަށެވެ.

އެ ޖަވާބު ދެއްވި ފަހުންވެސް 2 މަސް ފާއިތުވެ ގޮސްފައިވާއިރު ބައެއް މީސް މީޑީޔާ ބްލޮގްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ރައީސް ޔާމީންގެ އިސްތިއުނާފީ މައްސަލައިގެ ހުކުމްކުރުން މިު މަހުގެ 14 ގައި ބާއްވަން ނިންމާ ހައިކޯޓުން ދަނީ ތައްޔާރީވަމުންނެވެ.

ނަމަވެސް އެ ދުވަހު ޝަރިއަތް ބޭއްވުނަ ނުދިނުމަށް ރައީސް މުހައްމަދު މުއިއްޒުއާ ސަރުކާރުން މސައްކަތްކުރަމުން ދާ ކަމަށްވެސް އެ ބްލޮގުތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

މިކަމާ ގުޅިގެން ހައިކޯޓުގެ މީޑިއާ އޮފިސަރ އަމީން ފައިސަލްއާ ޗެނަލް13އިން ސުވާލުކުރުމުން ވިދާޅުވީ މާރިޗު 14އަށް އަދި ރައީސް ޔާމީންގެ ޝަރީއަތް ތާވަލްކޮށްފައިނުވާ ކަމަށާ އިތުރު އެއްވެސް ތަފްސީލެއް ނެތް ކަމަށެވެ.

ކޮންމެ އިންތިހާބާ ދިމާކޮށް ރައީސް ޔާމީން ބަންދުގައި ހުރުމުގެ ކަންބޮޑުވުން އެމަނިކުފާނުގެ ވަކީލުން ފާޅުކޮށްފައިވާއިރު ރައީސް ޔާމީން ވަނީ، މަޖިލިސް އިންތިހާބާ ދިމާކޮށް އެމަނިކުފާނު މިނިވަންކުރަން ކެރިވަޑައިގެންފައިނެތޯ އައްސަވާ ސަރުކާރަށް ޗެލެންޖެސް ތަކެއްވެސް ކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved