March 16, 2026
Advertisement
-
- / ޕޮލިސް މީޑިޔާ

އެއާޕޯޓް ޑޮލަރު ހައިސްޓް: އިތުރު ތިން މީހަކު ހައްޔަރަށް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 10, 2025, 08:11 PM
މާލެ ސިޓީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ތެރެއިން ބީއެމްއެލްގެ ދެ މުވައްޒަފަކަށް ބިރު ދައްކައި ޑޮލަރު ހުރި ބްރީފްކޭސްއެއް ފޭރުނު މައްސަލައިގައި އިތުރު 03 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

Advertisement

މި މައްސަލައިގައި އިތުރަށް ހައްޔަރުކޮށްފައިވަނީ:

1- ގއ. ވިލިނގިލި، ބިނާ، އަބްދުލްއައްވަލް އިބްރާހިމް އަބޫބަކުރު (27އ)
2- ތ. ވިލުފުށި، އެހީވާގެ، އަހުމަދު މާހިދު (44އ)
3- ސ. ހިތަދޫ، ވަށަގުލިމާގެ، އަލީ އަފްޒަލް (21އ)

މި އެންމެންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެ އެންމެން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި މި މައްސަލައިގައި އިތުރު ހަތަރު މީހުން ރާއްޖެ އިން ބޭރަށް ފުރައިގެން ނުދެވޭ ގޮތަށް ވަނީ ފުރުން މަނާކޮށްފައެވެ.

މި މައްސަލައިގެ ތުހުމަތުގައި އެންމެ ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުން ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

އާ ޓާމިނަލަށް ވަންނަން ދިޔަ ބީއެމްއެލްގެ ދެ މުވައްޒަފަކަށް ވަޅިން ބިރު ދެއްކުމަށް ފަހު، ބަޔަކު ފޭރިގަތް ބްރީފް ކޭސްގައި 100،000 ޑޮލަރު ހުރި ކަމަށް މައުލޫމާތު ފެތުރިފައިވެއެވެ. މިއީ ބޭންކް ރޭޓު އަދި ދިވެހި ރުފިޔާ އިން ބަލާ ނަމަ، 1.5 މިލިއަން ރުފިޔާއެވެ. އަދިވެސް މި ފައިސާތައް ފުލުހުންނަށް ހޯދިފައިނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved