March 16, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެކަކު ނިޔާވެއްޖެ

Yana Shareef
ޔާނާ ޝަރީފް
Nov 11, 2025, 05:24 AM

ހުޅުމާލެ ފޭސް 2 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެކަކު ނިޔާވެއްޖެއެވެ.

Advertisement

ހުޅުމާލެ ފޭސް 2، ނިކަގަސްމަގުގައި މި ހާދިސާ ހިނގާފައިވާއިރު، މި އެކްސިޑެންޓުގައި ޖުމްލަ ތިން މީހަކަށް އަނިޔާވެފައިވެއެވެ.

މީގެ ތެރެއިން އެކަކު ނިޔާވެފައިވާކަން ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފައެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި އެކްސިޑެންޓަކީ ދެ ސައިކަލު ޖެހިގެން ހިނގި ނުރައްކާތެރި ހާދިސާއެކެވެ. އެކްސިޑެންޓް ހިނގުމާއެކު ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ. އަނިޔާވި ތިން މީހުންނަށް ވަގުތުން ފަރުވާ ދިނުމަށްޓަކައި ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން އެކަކު ނިޔާވެފައިވާކަން ހޮސްޕިޓަލުން ކަށަވަރުކޮށްދީފައިވާއިރު، ނިޔާވި މީހާއާ ބެހޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައި ނުވެއެވެ. އަނިޔާވި ދެ މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved