March 15, 2026
Advertisement
ޕޮލިސް މައި އޮފީސް އިމާރާތް
ޕޮލިސް މައި އޮފީސް އިމާރާތް / ޕޮލިސް

ކުޑަ ފިރިހެން ދަރިފުޅަށް އަނިޔާކުރި މަންމަގެ ބަންދަށް 30 ދުވަސް

Faina Faiz
ފައިނާ ފާއިޒް
Nov 11, 2025, 08:54 PM
މާލެ ސިޓީ

ކުޑަ ފިރިހެން ދަރިފުޅަށް އެކި ގޮތްގޮތުން އަނިޔާކުރި މަންމަ ހައްޔަރުކޮށްފިކަމަށް ފުލުހުން ހާމަކޮށްފިއެވެ.

Advertisement

ފުލުހުން ބުނެފައި ވަނީ، މާލެ ސަރަހައްދުގައި ކުޑަ ފިރިހެން ކުޖަކަށް އެކުއްޖާގެ މަންމަގެ ފަރާތުން ޖިސްމާނީ އަނިޔަ ދިނުމުގެ އިތުރުން، މަސްތުވުމަށް ބަންގުރާ ބޭނުން ކޮއްގެން ހުރެ އެކުއްޖާ އަށް ޖިންސީ އަނިޔަ ދީފައިވާ ކަމަށް ތުހުމުއަތު ކުރެވޭ މަށްސަލަ އެއް 2025 އޮކްޓޯބަރު 28 ވަނަ ދުވަހު މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ވެލޮޕްމެންޓް އިން ވަނީ ފުލުހުންނަށް މި މައްސަލަ ހުޝަހަޅާފައިކަމަށެވެ.

މި މައްސަލައިގެ ތުހުމަތު ކުރެވޭ 50 އަހަރުގެ މަންމަ 2025 ނޮވެމްބެރް 10 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރު ކުރެވިފަ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައިއެވެ.

އިތުރުން، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް 2025 ނޮވެމްބެރް 11 ވަނަ ދުވަހު، ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮއްފައިއެވެ.

މި މައްސަލަ ފުލުހުން އަންނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved