ކުކުޅު ފިހާރައިން ހިލޭ ބޯންލެސް ޗިކަން ކޭހެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ކުކުޅު ފިހާރައިގެ ސޭލްސް އެންޑް މާކެޓިންގ މެނޭޖަރު މައުލޫމާތު ދިން ގޮތުގައި އެ ފިހާރައިން ފެށި މި ޕްރޮމޯޝަންގެ ދަށުން ގަންނަ ކޮންމެ 10 ބޯންލެސް ޗިކަން ކޭހަކަށް އެއް ކޭސް ހިލޭ ލިބިގެން ދާނެ ކަމަށެވެ.
އެ ފިހާރައިން ބޯންލެސް ޗިކަންގެ ތިން ސައިޒެއް ލިބެން ހުންނާނެއެވެ. އެއީ އެއް ކިލޯ، 2ކިލޯ، 2.5ކިލޯއެވެ.
ކުކުޅު ފިހާރައިން ގަނޑުކުރި ކުކުޅުގެ އިތުރުން އެ ފިހާރައިން ކޮށި ކުކުޅު، ކުކުޅުފައި، ބޯންލެސް ޗިކަން، މަޓަން، ލޭމްބް، ބީފް، ސީ ފުޑް، ސޮސެޖް، ޓާކީ، އަސްދޫނި މަހާއި ގަނޑުކޮށްފައި ހުންނަ ތަރުކާރީ އާއި ބަޓަރާއި ޗީޒްގެ އެކި ބާވަތްތައް ވެސް ހެޔޮ އަގުގައި ލިބޭނެއެވެ.
މީގެ އިތުރުން، ރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ގަންނަ ނަމަ އެ ވިޔަފާރިވެރިޔަކު ބުނާ ބޯޓަކަށް މުދާ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ވެސް ދެއެވެ. ކުކުޅު ފިހާރައިން ރާއްޖެއަށް އަލަށް ތައާރަފު ކުރާ އުފެއްދުންތަކާއި އެ ކުންފުނިން ހިންގާ ޕްރޮމޯޝަންތަކުގެ މައުލޫމާތު ކުކުޅު ފިހާރަ ފޭސްބުކް ޕޭޖުން އަދި 9986575 އިން ލިބޭނެއެވެ.