ކ. ކާށިދޫ ފަރަށް މުދާ އުފުލާ ބޯޓެއް އަރައި، މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ތޭރައޮންލައިނަށް މައުލޫމާތު ލިބުނުގޮތުގައި އެ ދޯނި ފަރަށް އެރީ، މިރޭ 20:00 ހާއިރުއެވެ.
ފަރަށް އެރީ ކާށިދޫއާއި މާލެއާ ދެމެދު ދަތުރުކުރާ މުދާ އުފުލާ ބޯޓެކެވެ.
އެ ބޯޓު ފަރަށް އެރިއިރު، އެއްވެސް ފަސިންޖަރަކު ނެތް ކަމަށާއި ތިބީ ކެޕްޓަނާއި ފަޅުވެރިން އެކަނިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މި ހާދިސާގެ ތަފްސީލެއް އަދި ފުލުހުންނާއި އެމްއެންޑީއެފްގެ ފަރާތުން ލިބިފައިނުވެއެވެ.