March 15, 2026
Advertisement
މޯލްޑިވްސް ޕޮލިސް ސާރވިސް
މޯލްޑިވްސް ޕޮލިސް ސާރވިސް / އެޑިޝަން.އެމްވީ

ރާއްޖޭގެ އުތުރުން ދަތުރުކުރާ ބޭރުގެ އުޅަނދުތަކަށް ފާރަވެރިވާން އުނދަގޫ: ފުލުހުން

Faina Faiz
ފައިނާ ފާއިޒް
Nov 12, 2025, 11:17 PM
ހ.އ ދިއްދޫ

ރާއްޖޭގެ އުތުރުފަރާތުން ބޭރުގެ ވަރަށް ގިނަ އުޅަނދުތައް ދަތުރުކުރާކަމަށާއި މި އުޅަނަދުތަކަށް ފާރަވެރިވާން ބޭނުންވާ ވަސީލަތްތައް ނެތްކަމަށް ފުލުހުން ބުނެފިއެވެ.

Advertisement

އުތުރުގެ ފުލުހުން މިއަދު ވާޗުއަލްކޮށް މީސްމިޑއާތަކާއި ބައްދަލުކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނާ މުޚާތަބުކޮށް ފުލުހުން ވިދާޅުވީ، ރާއްޖޭގެ އުތުރުގެ ކަނޑުން ވަރަށް ބައިވަރު ބޭރުގެ އުޅަނދު ދަތުރުކުރާކަމަށާއި މި އުޅަނަދުތައް ޑްރަގްސް ފަދަ ތަކެތި ސްމަގްލް ކުރަން ބޭނުންކުރާކަމަށެވެ.

ނަމަވެސް މި އުޅަނދުތައް މޮނިޓާކުރަން އެތައް މަސައްކަތެއް ކުރި ކަމުގައި ވީނަމަވެސް އެކަމަށް އެކަށީގެންވާ މުވައްޒަފުން ނެތުމުން އެ މަސައްކަތް ކުރުމުގައި ގޮންޖެހުންތައް ކުރިމަތިވާކަމަށް ހއ. އަތޮޅުގެ ކޮމާންޑަރު ހުސެއިން ޝިޒްލީން ވިދާޅުވިއެވެ.

މި ސަރަހައްދުން މިދިޔަ މަހުގެ 30 ވަނަ ދުވަހާހަމައަށް1،797 މައްސަލަ ރިޕޯޓުކޮށްފަވާކަމަށް ހދ. ގެ ކޮމާންޑަރު އިބްރާހިމް ޒުހުރީ ވިދާޅުވިއެވެ.

މިފަދަ އުޅަނަދުތައް ބަލާ ފާސްކުރުމަށް ބޭނުންވާ ވަސީލަތްތައް އަދި މިކަމަށް ތަމްރީނުކުރެވިފަވާ ފުލުހުން ނެތް މައްސަލައިގައި ފުލުހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved