theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ނިއުޔޯކް ޓައިމްސް
ދުނިޔެ
ނިއުޔޯކަށް ގޮސްފިނަމަ ޕޫޓިން ހައްޔަރުކުރަންވެސް މަމްދާނީ ތައްޔާރަށް!
Aiminath Zawjah
އައިމިނަތް ޒަޢުޖާ
12 ނޮވެމްބަރު 2025
މާލެ ސިޓީ

ނިއުޔޯކަށް ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިން ދަތުރުކޮށްފިނަމަ ހައްޔަރުކުރާނެ ކަމަށް ނިއުޔޯކް ސިޓީގެ އިންތިޚާބީ މޭޔަރު ޒަހްރާން މަމްދާނީ ބުނެފިއެވެ.

ޕޫޓިން ހައްޔަރުކުރަން ނިންމީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން މިހާރު ނެރެފައިވާ ހައްޔަރު ކުރުމުގެ އަމުރަށް ތަބާ ވުމުގެ ގޮތުން ކަމަށް މަމްދާނީ ވަނީ ބުނެފައެވެ.

އައިސީސީން ނެރެފައިވާ އަމުރުތައް ނިއުޔޯކްއިން ދަމަހައްޓާނެ ކަމަށް މަމްދާނީ ބުނެފައިވާއިރު މަމްދާނީ މޭޔަރުކަމަށް އިންތިޚާބުވުމާއި ސަހްޔޫނީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔަހޫ ވަނީ ނިއުޔޯކަށް ނުދާނެ ކަމަށް އިއުލާންކޮށްފައެވެ.

ޕޫޓިން ހައްޔަރުކުރަން އައިސީސީން އަމުރު 17 މާޗް 2023 ގައި ނެރެފައިވާއިރު އޭގެފަހުންވެސް ޕޫޓިން ވަނީ އެމެރިކާ އަށް ވެސް ވަރަށް ފަހުން ދަތުރުކޮށްފައެވެ.

މަމްދާނީއަކީ ނިއުޔޯކް ސިޓީގެ ބޮޑު ތާއީދަކާއި އެކު އިންތިޚާބުވެގެން ދިޔަ މީހެކެވެ. މަމްދާނީގެ އިންތިޚާބުވި ސްޕީޗްގަިއވެސް އޭނާވަނީ އޭނާއަކީ މުސްލިމެއްކަން ފާހަގަކޮށް ޓްރަމްޕަށް ހޫނު ރައްދުތަކެއް ދެއްވާފައެވެ.

ޓްރަމްޕް ވަނީ މަމްދާނީ އާއި ދެކޮޅަށް އެންޓި ކެމްޕެއިންގ ކުރައްވާ މަމްދާނީގެ ޓީމަށް ބޮޑެތި އިންޒާރުތަކެއް ދީފައެވެ. ނަމަވެސް މި އިންޒާރުތަކަށް ފަހަތަށް ނުޖެހި މަމްދާނީ ވަނީ ބައިނަލްއަގްވާމީ ސިޔާސީ މަސްރަހުގައި މަގުބޫލު ފަރާތަކަށް ވެގެން ގޮސްފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved