March 15, 2026
Advertisement
-
- / ޕޮލިސް މީޑިޔާ

އޮޕަރޭޝަން އަލިމަގު:90 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 13, 2025, 11:32 PM
މާލެ ސިޓީ

"އޮޕަރޭޝަން އަލިމަގު" ގެ ނަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންގައި މިހާތަނަށް 90 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

Advertisement

މިއަދު ހެނދުނު 05:30 ގައި ފެށި މި އޮޕަރޭޝަންގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވެ، ސްޕެޝަލައިޒްޑް ޑިޕާޓްމަންޓްތަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލެވިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

އޮޕަރޭޝަން އަލިމަގު" އަކީ މި ފަހުން އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގޭ އެންމެ ބޮޑު ހަރަކާތެވެ.

މި އޮޕަރޭޝަންގައި ފުލުހުން ވަނީ އެއް ވަގުތެއްގައި 100 ތަން ބަލާ ފާސްކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved