theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ދުނިޔެ
ދިއްލީ ބްލާސްޓް: އާއިލާއިން ބުނަނީ މުސްލިމް ޑޮކްޓަރަކަށް ވާތީ ފްރޭމް ކުރަމުންދާ ކަމަށް
Aiminath Zawjah
އައިމިނަތް ޒަޢުޖާ
13 ނޮވެމްބަރު 2025
މާލެ ސިޓީ

ދާދި ފަހުން ދިއްލީގައި ހިނގި ބޮން ގޮވުމުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި  މުސްލިމް ޑޮކްޓަރެއް ކަމަށްވާ ޑރ.ޝާހީން ޝާހިދު އަންނަނީ އެ މައްސަލައިގައި ފްރޭމް ކުރަމުން ކަމަށް އާއިލާއިން ބުނެފިއެވެ.

އެންޓި ޓެރަރިޒަމް ސްކޮޑް (އޭޓީއެސް) އާއި ޖަމްމު އެންޑް ކަޝްމީރު ޕޮލިހުން ހިންގި އޮޕަރޭޝަނުގައި ޝާހީންގެ އާއިލާ ދިރިއުޅޭ ލަކްނޯގެ ކަނޑަހަރީ ލައިން ސަރަހައްދުގެ ރައްޔިތުންވެސް މި މައްސަލައިގައި ޝާހީން ދޫކޮށްލުމަށް ގޮވާލަމުންނެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަމުން ޝާހީންގެ ބައްޕަ ޝާހިދު އަންސާރީ ވަނީ މޯދީ ސަރުކާރުން އަމަލުކުރި އަނިޔާވެރިކަން އަސަރާއިއެކު ކިޔާދީފައެވެ. އޭނާ ބުނަމުން ދިޔައީ އޭނާގެ އަންހެން ދަރިފުޅުގެ ކުށެއް ނެތް ކަމަށާއި އޭނާ ފްރޭމް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުގެ އަންހެން ދަރިފުޅުގެ އުމުރު ހޭދަކޮށްފައިވަނީ މީހުންނަށް އެހީތެރިވެދިނުމުގައި. އޭނާއަކީ އެއްވެސް ގޯހެއްގައި ނުހިމެނޭ މީހެއް. އަޅުގަނޑުމެން އިތުބާރު ކުރަނީ الله އަށް، އަޅުގަނޑުމެން އިތުބާރު ކުރަނީ ހަގީގަތަށް،" އޭނާ ބުންޏެވެ

މި ހާދިސާގެ ތުހުމަތު މުސްލިމުންގެ ބޮލުގައި އަޅުވަން އިންޑިއާ ސަރުކާރުން އަންނަނީ އެތައް މަސައްކަތެއް ކުރަމުންނެވެ. މުސްލިމުންނަކީ ޓެރަރިސްޓުން ކަމަށް ދައްކާ ބިރުވެރި ބައެއްގެ ގޮތުގައި ސިފަކުރަން މޯދީގެ ބީޖޭޕީ އިން އަންނަނީ ދޮގު ޚަބަރުތައް ފަތުރަމުންނެވެ.

އިންޑިއާގެ ރެޑް ފޯޓް ކައިރީގައި ގޮއްވުންތައް ގޮވާލި ހާދިސާއަށް ދެދުވަސް ފަހުން އިތުރު ގޮވުންތައްވެސް ވަނީ ގޮއްވާލާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved