theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ވޯލްޑް އެޓްލާސް
ދުނިޔެ
ހަމަލާގެ ޒިންމާ ތުރުކީގެ ބޮލުގައި އަޅުވަން ބީޖޭޕީ މީޑިއާއިން މަސައްކަތް ފަށައިފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
14 ނޮވެމްބަރު 2025
މާލެ ސިޓީ

އިންޑިއާގައި ނިމިދިޔަ ހަފްތާ ތެރޭގައި ދިން ބޮމުގެ ހަމަލާގެ ޒިންމާ ތުރުކީގެ ބޮލުގައި އަޅުވަން ބީޖޭޕީ މީޑިއާއިން މަސައްކަތް ފަށައިފިއެވެ.

ބީޖޭޕީއިން އަންނަނީ މި ހަމަލާތަކުގެ ތުހުމަތު މުސްލިމް ގައުމުތަކުގެ ބޮލުގައި އަޅުވާ ހަނގުރާމައެއް ފެށުމަށް އެކި ގޮތްގޮތަށް މަސައްކަތް ކުރަމުންނެވެ.

އިންޑިއާގެ ރެޑް ފޯޓްގައި އެންމެ ފުރަތަމަ ދިން ހަމަލާއާއި ގުޅިގެން އިންޑިއާގެ ވެރިކަން ކުރާ ޕާޓީއިން ވަނީ މުސްލިމް ޑޮކްޓަރެއް ހައްޔަރުވެސް ކޮށްފައެވެ. މިކަމާއި ގުޅިގެން މުސްލިމުންނާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުން އަންނަނީ މޯދީއަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

މިއާއި އެކު އިންޑިއާގައި ބޮން ގޮއްވާލުމާއި އެކު ޕާކިސްތާނުގައިވެސް ވަނީ ބޮމުގެ ހަމަލާއެއް ދީފައެވެ. ދެ ގައުމުގެ މި ހަމަލާތައް ގުޅިފައިވާ ކަމަށް ތުހުމަތުތައް ކުރެވިފައިވީ ނަމަވެސް ދެ ގައުމުންވެސް ރަސްމީކޮށް އެއްޗެއް ބުނެފައިނުވެއެވެ.

ނަމަވެސް ބީޖޭޕީއިން އަންނަނީ ގައުމުތަކުގެ މެދުގައި މައްސަލަ އުފައްދާ ހަނގުރާމައެއް ފެށުމަށް މޯދީ ސަރުކާރަށް ހިތްވަރުދެމުންނެވެ. ވަކީން ޚާއްސަކޮށް ފަލަސްތީނަށް ތާއިދުކޮށް ވަކާލާތުކުރާ ގައުމުތައް ހިމެނޭކަން ފާހަގަކުރެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved