March 12, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ޓީޝާޓު ލެއްވި ބިދޭސީންނާ އެކުވެސް ޕީއެންސީ އަށް 5000 މީހުން ހަމަ ނުކުރެވުނު: މެންބަރު އައްބާސް

Yana Shareef
ޔާނާ ޝަރީފް
Nov 16, 2025, 12:32 AM

100 ރުފިޔާ ދީގެން ޖަލްސާއަށް ގެންދިއަ މީހުންނާ ޓީޝާޓު ލައްވައިގެން ގެންދިއަ ބިދޭސީންނާ އެކުވެސް ޕީއެންސީ ޖަލްސާއަށް ގޮސް ތިބި މީހުންގެ އަދަދު 5000 އަށް ނާރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

Advertisement

އެކްސްގައި ކުރެއްވި ޕޯސްެޓެއްގައި އައްބާސް ވިދާޅުވީ ސަރުކާރު ހިންގާ ޕީއެންސީ އިން އިސްނަގައިގެން ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާއަށް އެއްބަޔަކު ގެންދިޔައީ 100 ރުފިޔާ ދީގެން ކަމަށެވެ. އަނެއް ބަޔަކު ގެންދިޔައީ ވަޒީފާގެ ބިރު ދައްކައިގެން ކަމަށާ ދެން ތިބީ ޕީއެންސީ ޓީޝާޓު ލައްވައިގެން ގެންދިއަ ބިދޭސީން ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.

ނަމަވެސް އެ ހުރިހާ ކަމެއް ކުރި އިރު ވެސް ސަރުކާރަށް ގެންދެވުނު މީހުންގެ އަދަދު 5000 އަށް ނާރާ ކަމަށް މެންބަރު ވިދާޅުވި އެވެ. އައްބާސް ވިދާޅުވީ ރައްޔިތުންގެ ޓެކްސް ފައިސާއިން 50 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އެ ކުރި އިސްރާފުން ފެންނަނީ މި ސަރުކާރުގެ ދެއްކުންތެރިކަން ހައްދުން ނެއްޓިފައިވާ މިންވަރު ކަމަށެވެ.

ޕީއެންސީން ހުކުރު ދުވަހުގެ ރޭގައި އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު ޖަލްސާގައި އެއްކުރެވުނީ އެ ޕާޓީގައި ތިބި 60،000 އަށްވުރެ ގިނަ މެމްބަރުންގެ ތެރެއިން އެންމެ 13،000 މެމްބަރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

މި ޖަލްސާއަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށް، ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގެ ހުރިހާ ހިސާބަކުން މީހުން ގެނައުމަށް މަސައްކަތް ކުރިއިރު، ބޮޑު މަންޒަރެއް ދެއްކުމަށް ކުރި މަސައްކަތް ދިޔައީ ޗޮކުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved