June 6, 2026
Advertisement
-
- / ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ފެޑެރޭޝަން

މަދީނާގައި ހިނގި އެކްސިޑެންޓެއްގައި 42 އުމްރާވެރިން މަރުވެއްޖެ

Aiminath Sarah
އައިމިނަތް ސާރާ
Nov 17, 2025, 10:28 PM
މާލެ ސިޓީ

އުމްރާއަށް ގޮސް އުޅުނު، އިންޑިއާގެ ހައިދަރްއާބާދަށް ނިސްބަތްވާ 42 އުމްރާވެރިޔަކު، އެ މީހުން ދަތުރުކުރި ބަހާއި ޑީސަލް ޓޭންކަރަކާ އެކްސިޑެންޓުވެ މަރުވެއްޖެ އެވެ.

Advertisement

ރޭ ދަންވަރު މި ހާދިސާ ހިނގީ މައްކާއިން މަދީނާއަށް ދަތުރުކުރަނިކޮށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ހާދިސާ ހިނގި ވަގުތު މި ބަހުގައި ކުޑަކުދިންނާއި އަންހެނުން ތިބިކަމަށްވެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ މެންދަމުން އަލިވެ ރާއްޖޭ ގަޑިން 1:00 ހާއިރު، މަދީނާގެ ބޭރުގައި އޮންނަ މުފްރީހަތު ވިލެޖް ކައިރީގަ އެވެ. އެކްސިޑެންޓު ހިނގުމާ އެކު ބަހުގައި އަލިފާން ރޯވި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވިދާޅުވީ މި ހާދިސާއާ ގުޅިގެން، އިންޑިއާގެ އޮފިޝަލުން ސައުދީ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved