މާލެ ސަރަހައްދާއި ރަސްމާލެއިން ގޯތި ދޫކުރާ އުސޫލު އާންމު ކުރި އިރު ގިނައިން މާލެ ރައްޔިތުންނަށް ގޯތި ލިބޭނެގޮތް ކަށަވަރުވާ ގޮތަށް އާންމުކޮށްފިއެވެ.
ގޯތި ދޫކުރާ އުސޫލު އާންމުކޮށްފައި ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު "ބޯހިޔާވަހިކަން އެންމެންނަށް" އިފްތިތާހުކުރުމަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ޖަލްސާގައެވެ.
ބޯހިޔާވަހިކަން ނުލިބޭނެ އެއްވެސް މީހެއް ނުހުންނާނެކަމުގެ ވައުދާއެކު އައި ރައީސް މުއިއްޒުގެ ސަރުކާރުން ގޯއްޗާއި ފްލެޓު ދިނުމުގައި ރައްޔިތުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭ ވާހަކަ މިވަނީ ސާބިތުވެފައެވެ.
އެގޮތުން މާލެ ސަރަހައްދުން ދޫކުރުމަށް ނިންމެވި ފްލެޓާއި ގޯތި ލިބޭނެ އުސޫލު އާންމު ކުރިއިރު އުސޫލުގައި ވަނީ މާލެ ރައްޔިތުންނަށް 10،000 ގޯތި އަދި އެހެން ރައްވެހިނަށް ޖުމްލަ 3،000 ގޯއްޗެވެ.
އެއީ:
އުފަންވީއްސުރެ ފެށިގެން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 7،000 ގޯތި
ފަހުން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 2000 ގޯތި
މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 1،000 ގޯތި
މި އުސޫލުންނެވެ.
މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް ދޫކުރަން ހަމަޖެހިފަ ވަނީ 3،000 ގޯއްޗެވެ.
މާލޭގައި ގެދޮރު ހުރި ރައްޔިތުންނަށް އެމީހުން ގޯތި ދޫކޮށްލުމުން މި ގޯތިތަކަށް ހުށަހެޅުމުގެ ޝަރުތު ހަމަވެއެވެ. އަދި އެމީހުން ވާން ޖެހެނީ މާލޭގައި އުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށެވެ.
މި އުސޫލު އާންމުކުރުމާއެކު މީސްމީޑިއާގައި ސަރުކާރަށް ފާޑުކިޔުންތަކެއް ވަނީ އަމާޒުވާން ފަށާފައެވެ.