May 24, 2026
Advertisement
ރަސްމާލެ ހިއްކައިގެން އެންމެ ބޮޑު ފައިދާއެއް ވާނީ ހަމައެކަނި ރައީސް މުއިއްޒަށް: އަލީ ހުސެއިން
ރަސްމާލެ ހިއްކައިގެން އެންމެ ބޮޑު ފައިދާއެއް ވާނީ ހަމައެކަނި ރައީސް މުއިއްޒަށް: އަލީ ހުސެއިން / ތޭރަ އޮންލައިން

ރަސްމާލެ ހިއްކައިގެން އެންމެ ބޮޑު ފައިދާއެއް ވާނީ ހަމައެކަނި ރައީސް މުއިއްޒަށް: އަލީ ހުސެއިން

May 23, 2026, 08:42 PM
މާލެ ސިޓީ

ރަސްމާލެ ހިއްކައިގެން އެންމެ ބޮޑު ފައިދާއެއް ވާނީ ހަމައެކަނި ރައީސް މުހައްމަދު މުއިއްޒަށް ކަމަށް ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

Advertisement

އަލީ މިފަދައިން ވިދާޅުވެފައިވަނީ، 2023 ވަނަ އަހަރު ހިއްކަން ފެށި ރަސްމާލެއިން މިހާތަނަށް ހިއްކުނީ 60 އިންސައްތަ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅަކަށް އިޝާރާތްކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ބުރާސްފަތި ދުވަހުގެ ރޭ ދައުލަތުގެ މީޑިއާއިން ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ރައީސް މުއިއްޒު ވިދާޅުވީ މިހާތަނަށް ރަސްމާލޭގެ 60 އިންސައްތަ ހިއްކާ ނިމިފައިވާ ކަމަށެވެ. އަދި މި ސިޓީން ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް މިހާރު ހުޅުވާލާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފިނިޝިންގެ މަސައްކަތް ފިޔަވައި، ހުރިހާ މަސައްކަތެއް ނިންމާފައިވާ ގެދޮރުވެރިޔާ ފްލެޓްތަކާ ގުޅޭގޮތުން ވެސް ރައީސް މުއިއްޒު ވާހަކަ ދެއްކެވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެމަޝްރޫއުގެ ބޮޑު އިންސައްތައެއް ނިންމީ މިސަރުކާރުން ކަމަށެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވާ އަލީ ހުސެއިން ވިދާޅުވެފައިވަނީ، ރަސްމާލެ، ހިއްކަން ޚަރަދުކުރި ފައިސާ، ކުރީ ސަރުކާރުން މާލޭގެ ކައިރީގައި ހިއްކާފައިވާ ބިންތައް ތަރައްގީކޮށް އިންފްރާ ސްޓްރަކްޗަރު ބިނާކުރުމަށް ޚަރަދުކުރި ނަމަ ރައްޔިތުންނަށް މާބޮޑަށްވެސް ރަނގަޅުވީސް ކަމަށެވެ. ރަސްމާލެ ހިއްކައިގެން އެންމެ ބޮޑު ފައިދާއެއް ވާނީ ހަމައެކަނި ރައީސް މުއިއްޒަށް ކަމަށް ިވދާޅުވެ އަލީ ވަނީ ނުރުހުން އަމާޒުކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved