March 15, 2026
Advertisement
މަގުމައްޗަށް ދޫކޮށްލާފައި ދިޔަ ކޮތަޅުތަކަކުން، ވަގަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ސިނގިރޭޓް ފޮށިތައް
މަގުމައްޗަށް ދޫކޮށްލާފައި ދިޔަ ކޮތަޅުތަކަކުން، ވަގަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ސިނގިރޭޓް ފޮށިތައް / ޕޮލިސް

ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ އެއްޗެހި ގެއްލޭވަރުން, ރައްޔިތުން ރަތަށް

Yana Shareef
ޔާނާ ޝަރީފް
Nov 23, 2025, 01:46 AM

ދިވެހިރާއްޖެއަށް ވަގަށް އެތެރެކޮށްފައިވާ ސިނގިރޭޓުތަކެއް ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު މައްސަލައެއް ފެންމަތިވުމާއެކު ގިނަ ބަޔަކު ފާޑުކިޔަން ފަށައިފިއެވެ.

Advertisement

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ދެ ފަހަރެއްގެ މަތިން ފުލުހުން އަތުލައިގަނެފައިވާ ސިނގިރޭޓުތަކެއް ވިލިމާލޭ ޕޮލިސް ސްޓޭޝަންގައި ހުއްޓާ ގެއްލިފައިވާ ކަމަށެވެ.

އެ މައްސަލަ ފެންމަތިވީ ގާނޫނާ ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ބެލެވިގެން ފުލުހުން އަތުލައިގަތް 32 ކާޓަން ސިނގިރޭޓު ކާޓަން ކަސްޓަމްސްއާ ހަވާލު ކުރުމަށް ނޮވެމްބަރު 12، 2025، ގައި ބެލިއިރު، އޭގެތެރެއިން ހަ ކާޓަން ސިނގިރޭޓު މަދުވެފައިވާތީ ކަމަށް ފުލުހުންގެ މެސެޖުގައި ބުނެފައިވެއެވެ.

އެއީ ބިދޭސީއެއްގެ އަތުން މެއި 23، 2025، ގައި ފުލުހުން އަތުލައިގަނެފައިވާ ސިނގިރޭޓުތަކެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމުގެ ތެރޭގައި، ޑިސެމްބަރު 23، 2024، ގައި ދެ ބިދޭސީއެއްގެ އަތުން ފުލުހުން އަތުލައިގަނެ، ވިލިމާލޭ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުރި 25 ކާޓަން ސިނގިރޭޓު ގެއްލިފައިވާކަން ވެސް އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އެއްޗެހި ވާނުވާ ނޭނގި ގެއްލޭތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔުން އަމާޒުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved