March 15, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ޖެންޑާގެ ބެލުމުގެ ދަށުގައި ތިބި ކުދިންތަކެއް 10 އަހަރުގެ ކުއްޖަކަށް އަނިޔާކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 23, 2025, 06:06 PM
މާލެ ސިޓީ

ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ތިބި 17 އަހަރުގެ ދެ ކުދިން 10 އަހަރުގެ ކުއްޖަކަށް އަނިޔާކޮށް ހަމަލާދިން ކަމަށް ރިޕޯޓްކޮށްފިއެވެ.

Advertisement

މޯލްޑިވްސް ޑިވަލޮޕްމަންޓް އޭލިއަންސް (އެމްޑީއޭ) ޔޫތް ކައުންސިލްގެ ޗެއަރ އަހްމަދު ރީހާން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ރީހާންގެ 10 އަހަރުގެ ދަރިފުޅު ނަމާދަށް މިސްކިތަށް ދިޔަ މަގުމަތީގައި ޖެންޑާގެ ބެލުމުގެ ދަށުގައި ތިބި ކުދިން އެ ކުއްޖާއަށް ބިރުދައްކައި އަނިޔާކޮށްފައިވާ ކަމަށެވެ.

މިގޮތުން، އެ ކުއްޖާއަށް ގަދަކަމުން ސިނގިރޭޓް ބޯންދޭން މަސައްކަތްކޮށް، ސިނގިރޭޓުން ގައިގައި ޖައްސަން އުޅުނު ކަމަށް މި ޕޯސްޓްގައި ބުނެފައިވެއެވެ. އަދި މި ވާހަކަތައް އެހެން މީހަކާއި ހިއްސާކޮށްފިނަމަ މައިންބަފައިން މަރާލާނެ ކަމަށް ބުނެ ބިރުދެއްކި ކަމަށްވެސް ރީހާން ބުނެފައިވެއެވެ.

-
-

މި ހާދިސާގެ ސަބަބުން ކުއްޖާ ވަރަށް ބޮޑަށް ނަފްސާނީ ވެފައިވާ ކަމަށާއި މި މައްސަލަ އިންސާފުވެރިކަމާއި އެކު ބަލާދިނުމަށް ރީހާން ވަނީ ސަރުކާރުގެ އިތުރުން ޖެންޑާ އަދި ޕޮލިހަށް ގޮވާލާފައެވެ.

މިއާއި އެކު، ޖެންޑާގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އިހުމާލުވާ ކަމުގެ ޝަކުވާތައް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved