March 15, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މުސާރަތަކުގެ މައްސަލައިގައި ކޯޓުތަކުގެ މުވައްޒަފުން މިއަދު އޮފީހަށް ނުކުތީ ކަޅު ހެދުމުގައި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 24, 2025, 08:38 PM
މާލެ ސިޓީ

މުސާރަ ކުޑަވުމުގެ މައްސަލައިގައި އިހުތިޖާޖުކުރުމުގެ ގޮތުން ކޯޓުތަކުގެ މުވައްޒަފުން މިއަދު ކަޅު ހެދުން ލައިގެން ވަޒީފާއަށް ނިކުމެއްޖެ އެވެ.

Advertisement

ކަޅު ހެދުން ލައިގެން ވަޒީފާއަށް ނިކުތް މުވައްޒަފުންގެ ތެރޭގައި ކްރިމިނަލް ކޯޓާއި، ޑްރަގް ކޯޓާއި، ސިވިލް ކޯޓާއި، ފެމިލީ ކޯޓާއި، ޖުވަނައިލް ކޯޓު އަދި ހައި ކޯޓުގެ މުވައްޒަފުން ހިމެނެ އެވެ.

މީގެއިތުރުން އަތޮޅުތެރެއަށް ނިސްބަތްވާ 23 ކޯޓެއްގެ މުވައްޒަފުން ވެސް މިއަދު ވަޒީފާއަށް ނިކުތީ ކަޅު ހެދުންލައިގެންނެވެ.

މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޖުޑިޝިއަރީ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާއިރު ޕޭ ހާމަނައިޒޭޝަންގެ ދަށުން މުސާރަތަކަށް ގެނައި ބަދަލާއިއެކު ސިވިލް ސާވިސްގެ ގިނަ މުވައްޒަފުންގެ މުސާރަ ވަނީ ބޮޑު ތަނުން ކުޑަވެފައެވެ

މި އަހަރު ބޮޑުނުވާ ހުރިހާ މުއައްސަސާތަކެއްގެ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުވާނެ ކަމުގެ ޔަގީންކަން މުހައްމަދު މުއިއްޒު ވަނީ ދެއްވާފައިވީ ނަމަވެސް އެއީ ކޮންމެ މުއައްސަސާތަކެއް ކަމެއް މުއިއްޒު ވިދާޅެއް ނުވެ އެވެ

މުސާރަތައް ބޮޑު ކުރާކަން އިއުލާންކުރުމާއިއެކު ބާޒާރުގައި ތަކެތީގެ އަގު ވަނީ އަނެއްކާވެސް އުފުލެން ފަށާފައެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރަން ފިޔަވަޅުތަކެއް އަޅާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް ސަރުކާރުގެ ހަރަދުތައް ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved