theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ހަބަރު
ކުޑަކުދިންނަށްދޭ ފޯމިއުލާއަކުން ޖަރާސީމު ފެނިގެން ވިއްކުން މިއަދު މަނާ މަނާކޮށްފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
24 ނޮވެމްބަރު 2025
މާލެ ސިޓީ

ކުޑަކުދިންނަށް ދިނުމަށް ބޭނުންކުރާ ފޯމިއުލާއެއްގައި ބައްޔެއް ފަތުރާ ޖަރާސީމެއް ހުރިކަން ފާހަގަވުމާ ގުޅިގެން، އެ ވިއްކުން ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ.

އެމްއެފްޑީއޭ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެމެރިކާގެ އުފެއްދުމެއް ކަމަށްވާ ”ބައިހާޓް ހޯލް ނިއުޓްރިޝަން އިންފެންޓް ފޯމިއުލާ“ އިން ކުލޮސްޓްރިޑިއަމް ބޮޓުލިނަމް ޖަރާސީމު ފެނިފައިވާ ކަމަށެވެ.

އެހެންކަމުން، މި އުފެއްދުން ބާޒާރުން ނެގުމަށާއި، ވިއްކުން ހުއްޓާލުމަށް، އަދި ނައްތާލުމަށް އެމެރިކާގެ އެފްޑީއޭ އިން އަންގާފައިވާ ކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވޯކް މެދުވެރިކޮށް އެނގިފައިވާ ކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.

އެހެންކަމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މި ބްރޭންޑުގެ ހުރިހާ ބެޗެއް ވެސް ރާއްޖެއަށް އެތެރެކުރުމާއި، އަދި ރާއްޖޭގައި ވިއްކުމަކީ މަނާކަމެއް ކަމަށް އެ އޮތޯރިޓީން ވަނީ ކަނޑައަޅާފަ އެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved