April 3, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ފޯމިއުލާއަކުން ވިހަ މާއްދާއެއް ފެނުމާއި ގުޅިގެން ބޭނުން ނުކުރުމަށް އަންގައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Feb 9, 2026, 02:26 AM
މާލެ ސިޓީ

ތުއްތު ކުދީންނަށް ކާންދިނުމަށް ބޭނުންކުރާ ފޯމިއުލާއަކުން ވިހަ މާއްދާއެއް ފެނުމާއި ގުޅިގެން ބޭނުން ނުކުރުމަށް އަންގައިފިއެވެ.

Advertisement

"ބޭބީ ބަޔޯ" ފޯމިއުލާގެ ބައެއް ބެޗްތަކުން ވިހަ މާއްދާއެއް ފެނިފައިވާކަން ހާމަކޮށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފައިވަނީ، ފަރަންސޭސިވިލާތުގައި އުފައްދާފައިވާ ބޭބީބައޯ މަރުކާގެ އިންފެންޓް ފޯމިއުލާގެ ބައެއް ބެޗްތަކުން ސެރެއުލައިޑް ކިޔާ ވިހަ މާއްދާއެއް ފެނިފައިވާ ކަމަށެވެ.

އެހެންކަމުން މި އުފެއްދުން ބާޒާރުން ނެގުމަށާއި، ނުވިއްކުމަށް އަދި ނައްތާލުމަށް އެގައުމުގެ ކަމާބެހޭ އިދާރާއިން އަންގާފައިވާ ކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް ގައި އާއްމު ކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ހާމަކޮށްފައިވެއެވެ.

ސެރެއުލައިޑް އަކީ ބެސިލަސް ސިރިއަސް ޖަރާސީމުން އުފައްދާ ވިހަ މާއްދާ އެއް ކަމާ މި މާއްދާއިން ތަޣައްޔަރުވެފައިވާ އެއްޗެއް ބޭނުން ކުރެވިއްޖެނަމަ މޭނުބައިކޮށް ހޮޑުލުން އަދި ބަނޑުގައި ރިިއްސުން ފަދަ އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެއް ކަން އެމްއެފްޑީއޭއިން ފާހަގަކޮށްފައިވެއެވެ.

ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ބޭސީ ބަޔޯ އޮޕްޓިމާ އެކެއްގެ ތިން ބެޗަކާއި ބޭބީ ބަޔާގެ ކެޕްރިއާ އެކެއްގެ އެއް ބެޗް ރާއްޖެއަށް އެތެރެ ނުކުރުމާއި ނުވިއްކުމަށް އަދި ބޭނުން ނުކުރުމަށް އެމްއެފްޑީއޭވަނީ އަންގާފައެވެ.

މަނާކުރި ބެޗުތަކުގެ ތެރޭގައި ހިމެނެނީ، ބޭބީ ބަޔޯ އޮޕްޓިމާ 1- ބެޗް 900932، ބޭބީ ބަޔޯ އޮޕްޓިމާ 1- ބެޗް 894408، ބޭބީ ބަޔޯ އޮޕްޓިމާ 1- ބެޗް 900035 އަދި ބޭބީ ބަޔޯ ކެޕްރިއާ 1- ބެޗް 899014 އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved