March 16, 2026
Advertisement
ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން
ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން / ތޭރަ އޮންލައިން

އިންޓަގްރިޓީގައި ރާއްޖެ ފެއިލްވެގެން މިދަނީ ރައީސުލްޖުމްހޫރިއްޔާ ފެއިލް ވާތީ: ރައިސް ޔާމީން

Faina Faiz
ފައިނާ ފާއިޒް
Nov 25, 2025, 10:21 PM
މާލެ ސިޓީ

އިންޓަގްރިޓީ ނުވަތަ ނަޒާހަތްތެރިކަމުގައި ރާއްޖެ ފެއިލްވެގެން މިދަނީ ރައީސުލްޖުމްހޫރިއްޔާ ފެއިލް ވާތީ ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ހުޅުމާލޭ ފޭސް 2 ގައި ޒުވާނުން އިސްނަގައިގެން ހުކުރު ދުވަހުގެރޭ ބޭއްވި "ރައިޒް އަޕް ޔޫތު" އިވެންޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައިސް ޔާމީން ވިދާޅުވީ ގައުމެއް ހިންގާ އެންމެ ފުރަަތަމަ ނަޒާހަތްތެރިކަން ހުންނަންވާނީ ރައީސުލްޖުމްހޫރިއްޔާގެ ކަމަށެވެ. ދެވަނައަށް ނަޒާހަތްތެރިވާން ޖެހޭނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ. އެއަށް ފަހު ފަނޑިޔާރު ގެތަކުގައި ތިއްބެވި ފަނޑިޔާރުންނާއެކު މިނިވަން މުއައްސަސާތައް ހެޑު ކުރައްވާ ބޭފުޅުން ކަމަށެވެ.

ގާނޫނު އަސާސީއަށް ޗާޓުކޮށްލާ ބަހާލާއިރު ނަޒާހަތްތެރިކަން ނެތް ބަޔަކަށް ސަރުކާރުގެ ހުރިހާކަމެއް ހިނގާގޮތް ބެލުމަކީ ނުކުރެވޭނެކަމެއް ކަމަށް އެމަނިކުފާނު ފާހާގަކުރެއްވިއެވެ.

ނަމަވެސް ބޮޑު ސޯބު ހަލާކުވެ ކަންފަތިވެގެން ދިޔައިމަ، ދެން ކުދި ސޯބުތައް ވަކި ކުރާނެ ކަމެއްވެސް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިތުރަށް އެމަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަކީ މިކަމުގައި ލާމަސީލު މިސާލެއް ދައްކަވަން ޖެހޭ ފަރާތެއް ކަމަށެވެ. އަދި ގައުމު ފެއިލް ވެގެން މިދަނީ ރަރައީސުލްޖުމްހޫރިއްޔާގެ އިންޓަގްރިޓީ ނެތުމުން ކަމަށްވެސް ރައީސް ޔާމީންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved