March 15, 2026
Advertisement
-
- / މިނިސްޓްރީ އޮފް ހައުސިން

ރައީސް މުއިއްޒު ޖަލްސާއަށް ދަނީ ތައުރީފު ކުރާނެ މީހަކުވެސް ގޮވައިގެން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 26, 2025, 10:21 PM
މާލެ ސިޓީ

މާލޭގެ އަވަށްތަކުގެ ރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ބައްދަލުކުރައްވަމުންދާއިރު އެކަކު ހުރިހާ ބައްދަލުވުމެއްގައި ބައިވެރިވެ މުއިއްޒަށް ތައުރީފުކޮށް ޘަނާ ކިޔާތީ އާންމުންގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

Advertisement

މިގޮތުން، ވިލިމާލެ ރައްޔިތުންނާއިވެސް ބައްދަލުކުރިއިރު ހުންނެވި އަންހެނެއް މައްޗަންގޯޅީގެ ރައްޔިތުންނާއިވެސް ބައްދަލުކުރި އިރު ބައިވެރިވެފައިވާތީ މިއީ މާލޭގެ ހުރިހާ އަވަށަކަށްވެސް ނިސްބަތްވާ އަންހެނެއްތޯ ބުނެ އާންމުން އަންނަނީ ސުވާލުކުރަމުންނެވެ.

މިއާއިއެކު، ރައީސް މުއިއްޒު ޖަލްސާތަކަށް ވަޑައިގަންނަވަނީ އެމަނިކުފާނަށް ތައުރީފުކުރައްވާނެ ބޭފުޅުންވެސް ގޮވައިގެން ކަމަށާއި މިއީ ރައްޔިތުންގެ ތާއީދު މުއިއްޒަށް ނެތް ކަން ޚުދު މުއިއްޒުވެސް ގަބޫލުކުރައްވާތީ ޖައްސަވާ ސްޓަންޓެއް ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.

-
-

މާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވަން މުއިއްޒު ބާއްވަމުން ގެންދަވާ މި ޖަލްސާތަކުގެ ތެރެއިން ރޭ މައްޗަންގޮޅީގައި ބޭއްވި ބައްދަލުވުމުގައި ޝުއޫރު ފާޅުކުރި ގިނަ ބަޔަކު ސަރުކާރުގެ ސިޔާސަތުތަކާއި މަޝްރޫއުތަކަށް އަދި ހިދުމަތްތަކަށް ފާޑުކިޔައި ވަނީ މުއިއްޒު ލަދުގަންނަވާލާފައެވެ.

ދިވެހި ރައްޔިތުންގެ ތާއީދާއި ލޯބި މުއިއްޒަށް ނެތް ކަން މިފަދަ ޖަލްސާތަކުން އަންނަނީ ފެންނަމުންނެވެ. އަދި މުއިއްޒު ވެރިކަމަށް ހޮވީ ރައީސް ޔާމީން އަބްދުލްގައްޔޫމަށް އޮތް ލޯތްބެއްގެ ބޮޑުކަމުން އެމަނިކުފާނަށް އިއްވާފައިވާ ނުހައްގު ހުކުމުން ސަލާމަތްކޮށްދޭނެ ކަމުގެ އުއްމީދުގައި ކަން މިހާރު މުއިއްޒަށް ގަބޫލުކުރެވޭނެއެވެ.

ރައީސް ޔާމީނަށް އޮތް ތާއީދާއި ގާތްކުރާ ވަރަށްވެސް މުއިއްޒަށް ތާއީދު ދިވެހި ރައްޔިތުން ނުކުރާކަން މިފަހުން ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި ޖަލްސާތަކުން ސާބިތުވެގެން ގޮސްފައިވެއެވެ. މުއިއްޒަށް "13،000" މީހުން ހަމަކުރެވޭނީ މަޖުބޫރުން ބިރު ދައްކައިގެން އެކަނިކަން 14 ނޮވެމްބަރު ވަނަ ދުވަހު ދިވެހި ރައްޔިތުން ވަނީ ހާމަކޮށްދީފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved