އިންޑިއާގައި އަރުނަޗަލް ޕްރްދޭޝް ކިޔާ ސަރަހައްދެއް ނޯންނާނެ ކަމަށާއި އެއީ ޗައިނާގެ ބަޔެއް ކަމަށް ބުނެ ޗައިނާގެ ފޮރިން މިނިސްޓްރީއިން އިންޑިއާ ފޮޅާލައިފިއެވެ.
ދާދި ފަހުން ޝަންގހާއީގައި އިންޑިއާ ރައްޔިތަކާއި ޖެހުނު މައްސަލައަކަށް އަލިއަޅުވާލާ ފޮރިން މިނިސްޓްރީން ބުނީ އަރޫނާޗަލް ޕްރަދޭޝް އަކީ އިންޑިއާއިން ގަވާއިދާ ހިލާފަށް އުފެއްދި ސަރަހައްދެއް ކަމަށާއި ދުވަހަކުވެސް އިންޑިއާގެ ސަރަހައްދެއްގެ ގޮތުގައި އެތަން ބަލައިނުގަންނާނެ ކަމަށެވެ.
⚡ BIG STATEMENT FROM CHINA 🇨🇳🇮🇳
— INDIAN (@hindus47) November 25, 2025
Reacting to the Shanghai incident involving an Indian woman from Arunachal Pradesh, Beijing repeats its old line:
👉 “We have never recognized the so-called ‘Arunachal Pradesh’ that India has illegally created.” Chinese Foreign Ministry
This… https://t.co/etgsuxYt2R pic.twitter.com/ueO5UyuYd0
ޗައިނާއިން ނެރުނު ބަޔާނުގައި ވަނީ ބޯޑަރު ސަރަހައްދާއި މެދު ޗައިނާގެ ނަޒަރިއްޔާތަށް ބަދަލެއް ނާންނަ ކަމަށް ފާހަގަކޮށްފަ އެވެ. އަދި ޗައިނާގެ ސްޓޭންޑަށް އިހުތިރާމް ކުރުމަށް ގޮވާލައި އަރޫނާޗަލް އަކީ އަމިއްލަ ސަރަހައްދުގެ ބައެއް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ.
ނޮވެމްބަރު 21 ވަނަ ދުވަހު ލަންޑަނުން ޖަޕާނަށް ދަތުރުކުރި އިންޑިއާ ރައްޔިތަކު ޓްރާންސިޓަށް ޝެންގްހައި އެއާޕޯޓުގައި މަޑުކުރުމުގެ ތެރޭގައި ޗައިނާގެ އޮފިޝަލުން އޭނާގެ ޕާސްޕޯޓް ބަލައިގަންނަން ދެކޮޅު ހަދާފައިވާ މައްސަލަ ވަނީ ހޫނުވެފައެވެ. ސަބަބަކަށް ޗައިނާއިން ބުނަނީ ޕާސްޕޯޓުގައި އުފަން ތަނަކަށް އަރޫނަޗަލް ޕްރަދޭޝް، އިންޑިއާ ޖަހާފައިވުމުން ކަމަށާއި އެއީ އިންޑިއާގެ ތަނެއް ނޫން ކަމަށެވެ.
18 ގަޑިއިރުގެ ޓްރާންސިޓަށްފަހު މި މީހާ ފުރުވާލާފައިވާއިރު މި މައްސަލައާއި ގުޅިގެން ދެ ގައުމުގެ ދެމެދުގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ.
ޗައިނާއާއި އިންޑިއާއަކީ ވިޔަފާރީގެ ރޮނގުންނާއި އަސްކަރީ ގޮތުން ވަރަށް ވާދަވެރި ދެ ގައުމެވެ. މި ފަހުން ޗައިނާއިން ޕާކިސްތާނުގެ އަސްކަރީ އޮފިސަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ފަށާފައިވާތީ އިންޑިއާ ސަރުކާރުން އަންނަނީ ނުސީދާ ގޮތެއްގައި ޗައިނާއަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.